ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
މަސައްކަތްތައްކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

ތީމުގޭ ބަގީޗާ، ޖަސްޓިސް ބިލްޑިންގް އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ކުނިކަހާ ފޮޅާ ސާފުކުރުމުގެ މަސައްކަތް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ.

މި މަސައްކަތާގުޅޭ މަޢުލޫމާތުޝީޓް އަދި އަންދާސީހިސާބު ހުށަހަޅާ ފޯމު މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުގެ ޕްރޮކިއުމަންޓް ނޯޓިސް ބޯޑްގެ އިއުލާނާއި މައުލޫމާތު ޝީޓް ބައިން ލިބިވަޑައިގަންނަވާނެއެވެ.

މިމަސައްކަތްކޮށް ދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށް މިޑިޕާޓްމަންޓްގެ މެއިލް އެޑްރެސް  [email protected]އަށް 23 ސެޕްޓެމްބަރ 2020 ވަނަދުވަހުގެ 13:00 ގެ ކުރިން މެއިލް ކުރެއްވުންއެދެމެވެ. އަންދާސީހިސާބު 28 ސެޕްޓެމްބަރ 2020 ވަނަދުވަހުގެ 11:30 އަށް މިޑިޕާޓްމަންޓަށް ހުށައެޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 ސެޕްޓެންބަރު 2020
ހޯދާ