ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ޓީވީމޯލްޑިވްސް ޢިމާރާތުގައި '' އައި.އެސް.ޑީ.ބީ.ޓީ ޕްރޮޖެކްޓް ދަށުން '' ހަދަމުންދާ ނޮކްރޫމަށް ކަރަންޓް ގުޅުން

އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2020/57

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

(PROC-016-20) PSM-GA /2020/151

 

 

 

އިޢުލާން

  • ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު

                  މިކުންފުނީގެ ޓީވީމޯލްޑިވްސް ޢިމާރާތުގައި '' އައި.އެސް.ޑީ.ބީ.ޓީ ޕްރޮޖެކްޓް ދަށުން '' ހަދަމުންދާ ނޮކްރޫމަށް ކަރަންޓް ގުޅަން ބޭނުންވާތީ ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް މިކަން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

ނޮކް ރޫމަށް ކަރަންޓް ގުޅުމަށް ބޭނުންވާ މަޢުލޫމާތު

  1. ޕެނަލްއިން ވަކި ކަރަންޓެއް، ނޮކްރޫމް ގެ އިކްއިޕްމަންޓްތައް ބޭނުންކުރުމަށް ގުޅައިދިނުން.
  2. މިތަނަށް ގުޅުމަށް ބޭނުންވަނީ 3 ފޭސް ކަރަންޓެކެވެ.
  3. މެއިން ކޭބަލްގެ ސައިޒް ވާންވާނީ 25 ސްކެއަރ އެމްއެމް 4 ކޯރ ގެ ކޭބަލަކަށެވެ.
  4.  ޕްރޮޕޯސަލް ހުށަހަޅުއްވާ ފަރާތުން ސައިޓަށް ޙާޒިރުވެ، ކޭބަލްދާ ރޫޓް ބެއްލެވުމަށްފަހު ކޭބަލްގެ ދިގުމިން ޔަޤީން ކުރަންވާނެވެ. (މިކޭބަލްގެ ދިގުމިނަކީ ގާތްގަޑަކަށް 190 ފޫޓެވެ). 
  5. ކޭބަލްދާނެ ރޫޓް އަންގައިދޭ ޗާޓެއް އިޢުލާންގައި އެޓޭޗް ކޮށްފައިވާނެއެވެ.
  6. ކަރަންޓު ގުޅައި، ޑީބޯރޑްގެ އެއްވެސް އިތުރު މަސައްކަތެއް ކުރަން ހުރިނަމަ އެކަން ކުރުން.

 

- ޕެނަލް ރޫމް އިން ކަރަންޓް މެއިންކޭބަލް އަޅާއިރު އިންޖިނިއަރިންގ ޑިޕާރޓްމެންޓް އިން ދައްކާގޮތަކަށް (ބުނާ ރޫޓް) ކޭބަލް އެޅުމުގެ މަސައްކަތް ކުރިއަށްގެންދަންވާނެއެވެ. އެގޮތުން ކޭބަލް ގެންދާ ރޫޓް ބެއްލުވުމަށް ބޭނުންވާ ފަރާތްތަކަށް އެތަން ދެއްކުމާއި އަދި މަޢުލޫމާތު ސާފްކުރުމަށް ސައިޓަށް ވަޑައިގަންނަވާފަރާތްތަކުން ގުޅުއްވާނީ ޕްރޮޖެކްޓްސް ޔުނިޓުން އަލީ ސަލީމް (7905785) އަށެވެ. މިނަންބަރަށް ގުޅުއްވުމުން ސައިޓް ދައްކާލުމުގެ ގަޑި ހަމަޖައްސާދެވޭނެއެވެ. އެގަޑިއަށް ވަޑައިގެން ސައިޓްގެ މަޢުލޫމާތު ސާފްކުރެއްވުން އެދެމެވެ.

                  ވީމާ، ޝައުޤްވެރިވެވަޑައިގަންނަވާ ފަރާތްތަކުން މިއިޢުލާންގައިވާ ޝަރުޠުތައް ފުރިހަމަކޮށް، ދީފައިވާ މެއިލްއަށް  ޕްރޮޕޯސަލް މެއިލްކުރެއްވުން އެދެމެވެ.

 

 

 

ބިޑް ޕްރޮޕޯސްލް ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތު

1

1.1

އަންދާސީ ހިސާބުގައި ހިމަނަންޖެހޭ އަސާސީ މަޢުލޫމާތު:

 

ބިޑް ހުށަހަޅާ މަރުޙަލާގައި ،

އަސާސީ މަޢުލޫމާތެއް މަދުނަމަ، އެޕްރޮޕޯސަލް ބަލައިނުގަނެވޭނެއެވެ.

  •  ކުންފުންޏެއްނަމަ،

1- މަސައްކަތުގެ ނުވަތަ ތަކެތީގެ އަގު: ދިވެހި ރުފިޔާއިން: (ތަފްޞީލާއެކު)

2- މުއްދަތު: (މަސައްކަތް ނިންމާނެ މުއްދަތު ނުވަތަ ޑެލިވަރީގެ މުއްދަތު ބަޔާން ކުރަންވާނެއެވެ.)

3- ތަޖްރިބާ: މަސައްކަތަކަށް ކުރިމަތިލާ ފަރާތަކީ މިފަދަ މަސައްކަތް ކުރާ، ނުވަތަ މިފަދަ މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވާ، ނުވަތަ މި މަސައްކަތް ކުރުމުގެ ގާބިލްކަން ހުރި ފަރާތެއްކަމުގައިވުން.

4- ކޮމްޕެނީ ރަޖިސްޓްރީގެ ކޮޕީ:

5- ޖީ.އެސް.ޓީ / ޓެކްސް ރަޖިސްޓްރީ ސެޓްފިކެޓްގެ ކޮޕީ:

6- ކަރަންޓް ވަރަޔ ކުރުމުގެ ހުއްދަ.

 

  •  އަމިއްލަ ފަރުދެއްނަމަ،

7- އައިޑީކާރޑްގެ ކޮޕީ: 

8- ޓެކްސް އަށް ރަޖިސްޓްރީ ކޮށްފައިވާ ނަމަ، ސެޓްފިކެޓްގެ ކޮޕީ: ނުކުރާނަމަ އެކަންއެގޭނެލިޔުމެއް.

9- ކަރަންޓް ވަރަޔ ކުރުމުގެ ހުއްދަ.

10-  ބިޑްގެއަގު 500,000.00ރ. (ފަސްލައްކަރުފިޔާއިންމަތިންއަގުހުށަޅާނަމަ) 10,000.00ރ. ރުފިޔާގެ ބޭންކް ގެރެންޓީ  (ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 90 ދުވަހެވެ.)

 

1.2

ހުށަހަޅުއްވާ ބިޑްގެ އަގު 1 މިލިއަނަށްވުރެ މަތިވާނަމަ ، ބިޑް އިވެލުއޭޓްކޮށް، އެވޯޑްކޮށް އެފަރާތަށް އެންގުމުން ޕާރފޮރމަންސް ސެކިއުރިޓީ ހުށަހަޅަންވާނެއެވެ.

  • ބިޑްއެވޯޑްވެއްޖެނަމަ،

1- 1,000.000.00  (އެއްމިލިޔަން) ރުފިޔާއަށްވުރެ މަތިނަމަ، ހުށަހަޅާއަގުގެ އަށްވާވަރު ބިޑްކާމިޔާބުކުރާފަރާތުން ޕާރފޯމަންސްސެކިއުރިޓީއެއް ، އެގްރީމެންޓްގައި ސޮއިކުރުމުގެކުރިން ހުށަހަޅަންވާނެއެވެ.  (ޕާރފޮމެންސް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 120 ދުވަހެވެ.)                                                

2

 

އަގު/ އަންދާސީ ހިސާބު

1-   އަގު / އަންދާސީ ހިސާބު ، ހުށަހަޅާއިރު ސަމާލުކަންދޭންޖެހޭ ކަންތައްތައް

2-  އަގުހުށަހަޅަންވާނީ މަޢުލޫމާތު ކަރުދާހުގައިވާ ކަންކަން ބަޔާންކުރާ އުޞޫލުންނެވެ. (ހުށަހަޅާ އަންދާސީ ހިސާބުގައި ހިމަނަންޖެހޭ ކަންކަން ފުރިހަމަކޮށް، ހުށަހަޅަންވާނެއެވެ.)

3- އަގު ހުށަހަޅަންވާނީ ދިވެހިރުފިޔާއިން ޖީއެސްޓީ  ވަކިން ހިމަނައިގެންނެވެ.

4- ޕްރޮޕޯސަލް ހުށަހަޅާ ކުންފުނި/ އަމިއްލަ ފަރުދެއްނަމަ، ނަމާއި، ސޮއާއެކު އަދި (ކުންފުންޏެއްނަމަ، ތައްގަޑުޖަހާފައި) ކޯޓޭޝަން ހުށަހަޅަންވާނެއެވެ.

5- ޕްރޮޕޯސަލް ގެ ވެލިޑިޓީ މުއްދަތު: (ބިޑްހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހުގެ މުއްދަތު)

 

 

 

ޕްރޮޕޯސަލް ބަޠިލްވާނެ ޙާލަތްތައް

  • އަސާސީ މަޢުލޫމާތުގެ ގޮތުގައި ހުށަހަޅާންޖެހޭ މަޢުލޫމާތެއް ފުރިހަމަނުވުން.
  • ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ފޮނުވުން.

3

 

ޕޮއިންޓް ދިނުން

  • މި ކަމަށް ހުށަހަޅާ ޕްރޮޕޯސަލްތަކަށް ޕޮއިންޓު ދޭނީ އަންނަނިވި އުސޫލުންނެވެ.
  1. އަގު :    60 ޕޮއިންޓް
  2. މުއްދަތު:   20 ޕޮއިންޓް
  3. ތަޖްރިބާ:   15 ޕޮއިންޓް
  4. ފައިސާ ދައްކަން ހުށަހަޅާގޮތް : 05 ޕޮއިންޓް

4

 

ސުންގަޑި:

  • 27 ސެޕްޓެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިންނެވެ.

5

 

ބިޑް އިވެލުއޭޓްކުރެވޭނެގޮތް

  • މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ޕްރޮޕޯސަލްތައް މިކުންފުނީގެ އިވެލުއޭޝަން ކޮމެޓީއަށް ފޮނުވައި އިވެލުއޭޓްކޮށް ، އެންމެ އެކަށީގެންވާ ފަރާތަކަށް މަސައްކަތް ޙަވާލުކުރެވޭނެއެވެ. އަދި މިމަސައްކަތް ހަވާލުކުރާ ފަރާތަށް އެމަސައްކަތް ނުކުރެވެއްޖެނަމަ 2 ވަނަ އަށް އެންމެ އެކަށީގެންވާ ފަރާތަކަށް މަސައްކަތް ހަވާލުކުރުމުގެ އިޚްތިޔާރު ޕީ އެސް އެމް އަށް ލިބިގެން ވެއެވެ.

6

 

މަސައްކަތް ޙަވާލުކުރުން

  • ޕްރޮޕޯސަލްތައް ކޮމެޓީން އިވެލުއޭޓްކޮށް އެންމެ މަތީމާކްސް ލިބޭ ފަރާތާ/ ފަރާތްތަކާ މަސައްކަތް ޙަވާލުކުރެވޭނީ ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

 

7

 

ޕްރޮޕޯސަލް ބަލައިގަންނާނީ ދެވިފައިވާ މެއިލް އެޑްރެސްއިންނެވެ.

 

 

                  03ޞޮފަރު  1441   

                20 ސެޕްޓެމްބަރ 2020

21 ސެޕްޓެންބަރު 2020
ހޯދާ