މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެމް.އޭ.ސީ.އެލްގެ ޑިއުޓީ ފްރީއަށް ކަނޑުމަގުން ގެންނަ މުދާ ކްލިއަރކޮށް އެއަރޕޯޓްގައި ހުންނަ ގުދަނަށް ފޯރުކޮއްދޭނެ ފަރާތެއް ހޯދުމާއިބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 އެމް.އޭ.ސީ.އެލްގެ ޑިއުޓީ ފްރީއަށް ކަނޑުމަގުން ގެންނަ މުދާ ކްލިއަރކޮށް އެއަރޕޯޓްގައި ހުންނަ ގުދަނަށް ފޯރުކޮއްދޭނެ ފަރާތެއް ހޯދުމާއިބެހޭ

      މި ކުންފުނިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) ގެ ޑިއުޓީ ފްރީގައި ވިއްކުމަށް ރާއްޖެއިން ބޭރުން ކަނޑުމަގުން ގެންނަ މުދާ ކްލިއަރކޮށް އެއަރޕޯރޓްގައި ހުންނަ ގުދަނަށް ފޯރުކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

      މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2020 ސެޕްޓެންބަރު 28 ވާ ހޯމަދުވަހުގެ ހެދުނު  11:45ގެ ކުރިން، ސިޓީ, ފެކްސް ނުވަތަ އީމެއިލް([email protected])  މެދުވެރިކޮށްޝައުގުވެރިކަން (EOI) ފާޅުކުރުން އެދެމެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް އަދި ގުޅޭނެ ނަންބަރުތައް ފޯރުކޮއްދެއްވަން ވާނެއެވެ.މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެއެވެ.

      ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2020 އޮކްޓޫބަރު 12 ވާ ހޯމަދުވަހުގެ ހެދުނު 11:45 ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2020 އޮކްޓޫބަރު 12 ވާ ހޯމަދުވަހުގެ ހެދުނު 11:45 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

      ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337266/3337204/3337236/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

21 ސެޕްޓެންބަރު 2020
ހޯދާ