މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ސުޕަރވިޝަން ކޮންސަލްޓަންސީ ފޮރ ހުޅުމާލެ އެސް.ޓީ.ޕީ (މޯލްޑިވްސް އާރބަން ޑިވެލޮޕްމެންޓް އެންޑް ރިސިލިއަންސް ޕްރޮޖެކްޓް)

ޝައުޤު ވެރިކަން ހުށަހެޅުމުގެ ދަޢުވަތު 

ސުޕަރވިޝަން ކޮންސަލްޓަންސީ ފޮރ ހުޅުމާލެ އެސް.ޓީ.ޕީ

MV-MONPI-153550-CS-CQS

މޯލްޑިވްސް އާރބަން ޑިވެލޮޕްމެންޓް އެންޑް ރިސިލިއަންސް ޕްރޮޖެކްޓް

Grant No.:IDA-V2920

 

ވާރލްޑް ބޭންކްއިން ދިވެހި ސަރުކާރަށް ލޯނު އަދި ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއިން "މޯލްޑިވްސް އަރބަން ޑިވެލޮޕްމަންޓް އެންޑް ރިސިލިއަންސް" ޕްރޮޖެކްޓްގެ ދަށުން " ހުޅުމާލެ އެސް.ޓީ.ޕީއަށް ސުޕަރވިޝަން ކޮންސަލްޓަންޓް" އެއް ހޯދުމަށްވަނީ ހަމަ ޖެހިފައެވެ.

 

މި ކޮންސަލްޓަންސީގެ މައިގަނޑު މަޤްސަދަކީ، ޕްރޮޖެކްޓްގެ މަސައްކަތްތަކަށާއި ހުޅުމާލޭގައި ޤާއިމް ކުރުމަށް ހަމަޖެހިފައިވާ އެސް.ޓީ.ޕީއަށް ޕްރޮޖެކްޓް ޑޮކިއުމަންޓް، ޑޯނާ ގައިޑްލައިންސް އާއި އެއްގޮތަށް ޓެކްނިކަލް އަދި އިންޖިނިއަރިންގް އެހީތެރިކަން ދިނުމެވެ. މިމަސައްކަތުގެ މުއްދަތަކީ 36 މަސްދުވަހެވެ.

 

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) އާއި އެއްގޮތަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ދަޢުވަތު  މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިކަމަށް ޝަޢުޣުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދޭ ލިޔެކިޔުން (ކޮމްޕެނީ ޕްރޮފައިލް، ކުންފުނީގެ އޮނިގަނޑު، ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ފަދަ މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ.

 

މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން، ވޯލްޑްބޭންކް ލޯނާއި އައި.ޑީ.އޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް ކޮންސަލްޓަންޓުން ހޯދުމަށް އެފަރާތުން ޖުލައި 2016 ގައި ތައްޔާރުކޮށް ނޮވެމްބަރު 2017 އަދި އޮގަސްޓް 2018 ގައި އިސްލާހުކުރެވިފައިވާ ރެގިއުލޭޝަންއާއި އެއްގޮތަށެވެ.

 

މިމަސައްކަތަށް ފަރާތެއް ހޮވުމުގައި ބޭނުން ކުރެވޭނީ ކޮންސަލްޓަންޓްސް ކުއަލިފިކޭޝަން ބޭސްޑް ސިލެކްޝަން މެތަޑް (ސީ.ކިއު.އެސް) އެވެ.

 

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް https://planning.gov.mv ގައި ޝާޢިއު ކުރެވިފައި ވާނެއެވެ. އަދި މިމަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 އޮކްޓޯބަރ ވާ އަންގާރަ ދުވަހު 14:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް، އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

 

މޯލްޑިވްސް އާރބަން ޑިވެލޮޕްމަންޓް ރިސިލިއަންސް ޕްރޮޖެކްޓް 

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އެންވަޔަރަންމަންޓް

އަމީނީ މަގު، މާފަންނު

ކ.މާލެ، 20392

އީމެއިލް: [email protected]

ކޮޕީ : [email protected]

 

20 ސެޕްޓެންބަރު 2020
ހޯދާ