ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޮނުމަސް އެޅުމަށް ކުލީ ބިން ދޫކުރުން

      ލޮނުމަސް އެޅުމުގެ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އިތުރަށް ފުރުޞަތު ދިނުމުގެ ގޮތުން ބަނދަރުގެ އިރުމަތީ ފަރާތުން 1600 އަކަފޫޓުގެ އިތުރު 2 ކުލީ ބިން، 6 މަސް ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. 

      ވީމާ، ލޮނުމަސް އެޅުމަށް ކުލީބިން ބޭނުންވާ ފަރާތްތަކުން 2020 ސެޕްޓެންބަރު 21 އިން 27 ސެޕްޓެންބަރު ގެ ނިޔަލަށް ކޮންމެ ރަސްމީ ދުވަހަކު ހެނދުނު 09:00 ން މެންދުރުފަހު 13:00 އަށް މިއިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު 30 ސެޕްޓެންބަރު 2020 ވާ ބުދަ ދުވަހުގެ މެންދުރުފަހު  13:00 އަށް ޕްރޮޕޯސަލް ފޯމް ހުށަހެޅުއްވުން އެދެމެވެ. ލޮނުމަސް އެޅުމުގެ މަސައްކަތް ދެމެހެއްޓެނިވި ގޮތުގައި މިހާރުވެސް ކުރައްވާ ފަރާތްތަކަށް ބިން ދޫކުރުމުގައި އިސްކަންދެވޭނެއެވެ.

       މިކަމަށް އެދި މައުލޫމާތު ސާފުކޮށް  ޕްރޮޕޯސަލް ފޯމު ހުށަހެޅުމަށް ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކާއި، އަދި އަމިއްލަ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ. ޕްރޮޕޯސަލް ފޯމު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަށް ވާނެއެވެ. މައުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ ޕްރޮޕޯސަލް ފޯމު ބަލައެއް ނުގަނެވޭނެއެވެ.

       މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

20 ސެޕްޓެންބަރު 2020
ހޯދާ