މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އދ. އަތޮޅުގައި ކުރިއަށް ގެންދާ ފާނައާލާ ކުރުމުގެ މަޝްރޫއަށް ދޯއްޏެއް ކުއްޔަށް ހިފުމާ ގުޅޭ

ވާރލްޑް ބޭންކާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ހިންގޭ [މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް] ގެ ދަށުން ކުރިއަށް ގެންދާ ފާނަ އާލާ ކުރުމުގެ މަޝްރޫޢުގެ ބޭނުމަށް ތިރީގައި ތަފްޞީލުދެވިފައިވާ ދަތުރުތައް ކުރުމަށް ދޯންޏެއް ހިފުމަށް ބޭނުންވެއެވެ.

މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 29 ސެޕްޓެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 10:00 ކުރިން ތިރީގައިވާ އެޑްރެހަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެެވެ.

އަންދާސީ ހިސާބު ހުށައަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި އަދި ސިޓީ އުރައިގެ ބޭރުގައި ހުށައެޅި ފަރާތާއި ގުޅޭނެ 2 ފޯނު ނަންބަރު، އީމެއިލް އެޑްރެސް އަދި އަންދާސީ ހިސާބު ހުށައެޅިފައިވާ މަސައްކަތް އިނގޭނޭ ގޮތަށެވެ.

އަންދާސީ ހިސާބު ހުޅުވުމަށް ހަމަޖެހިފައިވާ ތާރީހާއި ވަގުތު ފަހުން އަންގާލެވޭނެ ވާހަކަވެސް ދެންނެވީމެވެ.

 

މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް

ހ.ވައިޓްވޭސް

މޫންލައިޓް ހިނގުން

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3028718 އަދި 3028702 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

20 ސެޕްޓެންބަރު 2020
ހޯދާ