ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.އަތޮޅު ކައުންސިލްގައި ބޭނުންކުރަމުންދިޔަ ވޭން ސިޓީލާ ނީލަމުގައި ވިއްކާލުން

ހދ. އަތޮޅު ކައުންސިލްގައި ބޭނުންކުރަމުންދިޔަ ރަޖިސްޓްރީ ނަންބަރު:B2A1035 ވޭން ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއްޖެއެވެ.  

1-     ވޭންގެ ނީލަން ފެށޭ އަގަކީ -/25000ރ (ފަންސަވީސްހާސް ރުފިޔާ) އެވެ.

2-     މިނީލަމުގައި އެންމެކުޑަކޮށް އިތުރުކުރެވޭނެ ޢަދަދަކީ ފަހަރަކު -/5000ރ (ފަސްހާސް ރުފިޔާ) އެވެ.

          ވީމާ، މިވޭން ގަންނަން ބޭނުންވާ ފަރާތްތަކުން "ސިޓީން އަގުހުށަހަޅާ ފޯމް" ފުރިހަމަކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިނީލަމުގައި ބައިވެރިވުމަށް "ސިޓީން އަގުހުށަހަޅާ ފޯމް" ހުށަހަޅުއްވާނީ 2020 ސެޕްޓެމްބަރު 21 ވަނަ ދުވަހުގެ 09:00 ން ފެށިގެން 2020 އޮކްޓޯބަރު 08 ވަނަ ދުވަހުގެ 12:00 އަށެވެ. މިފޯމު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. މިކަމަށް އެދި ހުށަހަޅާ އެންމެ މަތީ އަގު ރަސްމީ ކޮންމެ ދުވަހެއްގެ 12:00 ގައި މިއޮފީހުގެ ނޯޓިސް ބޯޑާއި އަދި މިކައުންސިލްގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ. "ސިޓީން އަގުހުށަހަޅާ ފޯމް" މިއިދާރާގެ ކައުންޓަރުންނާއި އަދި ވެބްސައިޓުން ލިބެންހުންނާނެއެވެ.

            މިނީލަމުގައި ޖެހިޖެހިގެން ރަސްމީ 3 ދުވަހު އެއް އަގެއް އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ. ނީލަން ނިމުމުން ނީލަންނިމޭތާ ލަސްވެގެން 10 ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ނިންމަންވާނެއެވެ. ވޭން ދޫކުރެވޭނީ ފައިސާ ދައްކާ ނިމުމުންނެވެ.   

            ވޭން ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން ބަންދުނޫން ދުވަސް ދުވަހުގެ ހެނދުނު 9:00 އާއި 14:00 އާ ދެމެދު ހދ.އަތޮޅު ކައުންސިލް އިދާރާއަށް ވަޑައިގަތުމުން ވޭން ބެލުމުގެ އިންތިޒާމު ހަމަޖެހިފައިވާނޭ ކަމުގައިވެސް ދަންނަވަމެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރު 6528801 ނަންބަރާއިއެވެ.  

20 ސެޕްޓެންބަރު 2020
ހޯދާ