ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.     

މަޤާމް:

މެނޭޖަރ (އިންޖިނިއަރިންގް ޑިޕާޓްމަންޓް)

ބޭނުންވާ ޢަދަދު:

01

ޝަރުތުތައް:

މެރިން އިންޖިނިއަރިންގް ނުވަތަ ގުޅުން ހުރި ދާއިރާއަކުން ޑިގްރީ ހާސިލްކޮށްފައިވުން، އަދި މެރިން އިންޖިނިއަރިންގްގެ ދާއިރާއިން މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހުރުން

ވަޒީފާގެ މަސްޢޫލިއްޔަތު:

މެރިން އިންޖިން، ޖަނަރޭޓަރ، ކާގޯ ޕަމްޕް، ވޭލު، ފިއުލް މީޓަރ އަދި އެހެނިހެން އިކުއިޕްމަންޓް ތަކުގެ ސަރވިސް އަދި ރިޕެއަރ މަސައްކަތް ކުރުން.

މެއިންޓަނަންސް މަސައްކަތްތައް، ސަލާމަތީކަންކަމަށް އިސްކަންދީގެން ރާވާ ހިންގުން

މެރިން އިންޖިނިއަރިންގް ޓީމުގެ މަސައްކަތްތައް ތާވަލުކޮށް ވަގުތައް ހިންގުން.

މަސައްކަތްތަކުގެ ރިކޯޑްތައް އަދި އެންމެހާ ލިޔެކިޔުންތައް ބެލެހެއްޓުން.

މަހު މުސާރަ:

23،000 އާއި 25،000 ރ އާއި ދެމެދު

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

އިންޖިނިއަރިންގް ޑިޕާޓްމަންޓް، ތިލަފުށި ބޯޓްޔާޑް

 

މަޤާމް:

ސުޕަވައިޒަރ (އިންޖިނިއަރިންގް ޑިޕާޓްމަންޓް)

ބޭނުންވާ ޢަދަދު:

01

ޝަރުތުތައް:

ފަޔަރ ސޭފްޓީ ގަވައިދުތަކާއި ސޭފްޓީ ކޯޑްތަށް ފުރިހަމައަށް އިނގުން.

މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން މަދުވެގެން 3 އަހަރުގެ ތަޖުރިބާ ހުރުން.

ވަޒީފާގެ މަސްޢޫލިއްޔަތު:

ތިލަފުށި ބޯޓްޔާޑްގެ ސެކިއުރިޓީ ކަންކަން ރާވާ ބެލެހެއްޓުން.

ބޯޓްޔާޑުގެ ފަޔަރ ސޭފްޓީ މިންގަނޑުތައް ތާވަލުކޮށް ބެލެހެއްޓުން.

ބޯޓްޔާޑުގެ ސޭފްޓީ ޤަވައިދުތައް ބަލަހައްޓާ، ސޭފްޓީ މިންގަނޑާ ހިލާފުކަންކަން ރިޕޯޓް ކުރުން.

ބޯޓްޔާޑަށް އުޅަނދުފަހަރު އެހެލުމުގައި ބަލަންޖެހޭ ސަލާމަތީ މިންގަނޑުތައް ކަނޑައެޅުމާއި އެކަންކަން ބެލެހެއްޓުން.

މަހު މުސާރަ:

ދެފަރާތުން އެއްބަސްވާ ގޮތަށް.

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

އިންޖިނިއަރިންގް ޑިޕާޓްމަންޓް، ތިލަފުށި ބޯޓްޔާޑް

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 22 ސެޕްޓެމްބަރ 2020 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، އެޓެސްޓެޑް ސެޓިފިކެޓް ތަކުގެ ކޮޕީ އަދި ޕޮލިސް ރިޕޯޓް އާއި އެކު މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ. އެޕްލިކޭޝަން ފޯމުލިބިލައްވާނީ ކުންފުނީގެ ވެބްސައިޓުންކަން ދަންނަވަމެވެ (http://fuelmaldives.com/Home/Downloads.)

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331443 ނަންބަރަށް ގުޅުއްވުން އެދެމެވެ.

19 ސެޕްޓެންބަރު 2020
ހޯދާ