ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މިއޮފީހުގެ ގދ. ގޮފި ހިނގަމުންދާ ޢިމާރާތާއި ގޯތިތެރެ ފޮޅާ ސާފުކުރާނެ ފަރާތެއް ހޯދުމަށް

ނަންބަރު: IUL)196-C/1/2020/22)

އިޢުލާން

 

މި އޮފީހުގެ ގދ. ގޮފި ހިނގަމުންދާ ޢިމާރާތާއި ގޯތިތެރެ ފޮޅާ ސާފުކުރާނެ ފަރާތެއް ހޯދުމަށް 2020 ސެޕްޓެންބަރު 16 ގައި ކުރެވުނު ނަންބަރު IUL)196-C/1/2020/21) އިޢުލާނު ބާޠިލްކުރުމަށްފަހު އަލުން އިޢުލާންކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2020 ސެޕްޓެންބަރު 29 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މިއޮފީހުގެ ގދ. ގޮތްޕަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2020 އޮކްޓޫބަރު 11 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީ ހިސާބު، މިއޮފީހުގެ ގދ. ގޮތްޕަށް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެންނެތްވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިއޮފީހުގެ ގދ. ގޮފި ހިނގަމުންދަނީ ގދ އަތޮޅުގޭގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003287 ފޯނާއި، ނުވަތަ ގދ. ގޮފީގެ ނަންބަރު: 6842646 ފޯނާ ގުޅުއްވުން އެދެމެވެ.

ނޯޓު: މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ދުވަސް ސަރުކާރު ބަންދު ދުވަހެއް ކަމުގައި ކަނޑައަޅާފިނަމަ މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުއެވެ.

 

29 މުޙައްރަމް 1442

17 ސެޕްޓެންބަރު 2020
ހޯދާ