ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމަގަށް އަރާ ރުއްތައް ނީލަން ކިއުން

އިޢުލާން

މަގުމަގަށް އަރާ ރުއްތައް ނީލަން ކިއުން

      ތ. ކިނބިދޫގައި ފެނާއި، ނަރުދަމާގެ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާތީ އެމަސައްކަތަށް ދަތިވާ ގޮތަށް، ތިރީގައި މިދަންނަވާ މަގުތަކުގައި ގުރައި ފެހިކުލައިގެ ދަވާދުން 01 ން 73 ށް ނަންބަރު ޖަހާފައިވާ ރުއްތައް ކަނޑައި އެމަގުތައް ސާފުކުރަން ބޭނުންވެއެވެ.

            1- މޫންލައިޓްމަގު

            2- މިސްކިތްމަގު

            3- ބުންބެރުމަގު

            4- ކާނިގަސްމަގު

            5- ނިކަގަސްމަގު

            6- މުޙައްމަދު

            7- ޞާލިޙު މަގު

            8- ހަންޑިދުންމަގު

            9- ރަންގުދުކޮޅުހިނގުން

           ވީމާ، މިދެންނެވި ރުއްތަކުގެ ނީލަން ކިއުން 27 ސެޕްޓެމްބަރ 2020 ވާ އާދިއްތަ ދުވަހުގެ މެންދުރު ކުރީ 10:00 ގައި އެރުއްތައް ހުރި ސަރަހައްދުގައި އޮންނާނެއެވެ. ނީލަމުން ނެގުމަށްފަހު 01 އޮކްޓޫބަރ 2020 ވަނަދުވަހުގެ ކުރިން ފައިސާ ދެއްކުމަށްފަހު ރުއްކަނޑައި ކުނިތަށް އުކާލަން ވާނެއެވެ. ރުއްކަނޑަން ވާނީ ބިމާއި ހަމައިންނެވެ. ނީލަމުން ނަގާ ރުއްތަކަށް ފައިސާ ދެއްކުމަށްފަހު ކަނޑައި ސާފުކުރުމަށް ދެންނެވިފައިވާ މުއްދަތުގެތެރޭގައި އެކަން ނުކޮށްފިނަމަ އެރުއްތަކާމެދު މިއިދާރާއަށް ފެންނަ ގޮތެއްގެމަތީން ޢަމަލު ކުރެވޭނެއެވެ.

           މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢްލާނުކުރީމެވެ.

           29 މުޙައްރަމް   1442  

           17 ސެޕްޓެމްބަރ 2020

17 ސެޕްޓެންބަރު 2020
ހޯދާ