ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާއަށް ޕިކަޕެއް ގަތުމަށް ބޭނުންވެއްޖެ

       ކުނި އުކައި ދިނުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި މިކައުންސިލުންދޭ  މަޢުލޫމާތާއި އެއްގޮތަށް  ޕިކަޕެއް ގަތުމަށް ބޭނުން ވެއްޖެއެވެ.

       ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން  2020 ސެޕްޓެންބަރު 24 ވާބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 2020 ސެޕްޓެންބަރު 28 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

       މިކަމަށް އެދި މައުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރިފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓު، ފަރުދީ ވިޔަފާރި ފަދަ ތަނަކުން މައުލޫމާތު ސާފުކުރުމަށް ނުވަތަ އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަށް ވާނެއެވެ. އަދި ފަރުދީ ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުންވެސް ފަރުދީ ވިޔަފާރި ރަޖިސްޓަރީ ކޮޕީއެއް ގެންނަންވާނެއެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ ހުށައެޅުން ބަލައެއް ނުގަނެވޭނެއެވެ.

       މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

16 ސެޕްޓެންބަރު 2020
ހޯދާ