އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ.ދިއްދޫ ވޮލީކޯޓް ފާރު ރޭނުމާއިބެހޭ

އިޢުލާނު

އދ.ދިއްދޫ ވޮލީކޯޓް ފާރު ރޭނުމާއިބެހޭ

                                އދ. ދިއްދޫ ވޮލީކޯޓްގައި، ތަކެތި ދިނުމުން 51 ފޫޓް ދިގު އުސްމިނުގައި 19 ފޫޓްގެ ފާރެއް ރާނައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިމަސައްކަތާއިބެހޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން 21 ސެޕްޓެންބަރު 2020 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި އދ. ދިއްދޫ ކައުންސިލް އިދާރާގައި  އޮންނާނެއެވެ.

                      ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 ސެޕްޓެމްބަރ 2020 ވަނަ ދުވަހުގެ 10:00 އަށް އދ. ދިއްދޫ ކައުންސިލްގެ އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

                    މިމަސައްކަތާއިބެހޭ އިތުރު މައުލޫމާތު ސާފުކުރަންބޭނުންވާ ފަރާތްތަކުން އދ. ދިއްދޫ ކައުންސިލްގެ ރައީސް ހުސައިން ޔޫސުފް 7942319 އަށް ގުޅުއްވައިގެން ކުރިޔައްގެންދިޔުން އެދެމެވެ. ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.

 

          28 މުޙައްރަމް 1442

          16 ސެޕްޓެންބަރު 2020

 (ސޮއި)       

         ހުސައިން ޔޫސުފް    

        އދ.ދިއްދޫ ކައުންސިލްގެ ރައީސް

16 ސެޕްޓެންބަރު 2020
ހޯދާ