ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އޮފީސް ފޮޅާ ސާފުކުރާނެ ފަރާތެއް ހޯދުމަށް

ނަންބަރު: IUL)196-C/1/2020/19) 

އިޢުލާން

 

މި އޮފީހުގެ ހެޑް އޮފީސް (ހ.ވެލާނާގެ 12ވަނަ ފަންގިފިލާ އަދި 4ވަނަ ފަންގިފިލާ ނޯތް ވިންގް) ފޮޅާ ސާފުކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2020 ސެޕްޓެންބަރު 28 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2020 އޮކްޓޫބަރު 08 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީ ހިސާބު، މިއޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެންނެތްވާހަކަ މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ.

ނޯޓު: މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ދުވަސް ސަރުކާރު ބަންދު ދުވަހެއް ކަމުގައި ކަނޑައަޅާފައިވާނަމަ މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުއެވެ. 

 

28 މުޙައްރަމް 1442

16 ސެޕްޓެންބަރު 2020
ހޯދާ