އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.ފެރިދޫ ކުނިގޮނޑު 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

   ނަންބަރު: A/IUL/344/2020/22                                                          ނަންބަރު: A/IUL/344/2020/22

ޢިއުލާން

އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު:


އއ.ފެރިދޫ ކުނިގޮނޑު 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން:

އއ.ފެރިދޫ ކުނިގޮނޑު 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު ހުޅުވާލަމެވެ.

ބިޑް ރަޖިސްޓްރީ ކުރުން:

ބީލަން ހުށަހެޅުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އއ.ފެރިދޫ ކައުންސިލްގައި ރަޖިސްޓަރ ކުރަންވާނެއެވެ.

ރެޖިސްޓްރޭޝަން ކުރިއަށް ދާނީ އިޢުލާނު ކުރެވޭދުވަހުން ފެށިގެން 21 ސެޕްޓެމްބަރު 2020 ވާ ހޯމަ ދުވަހުގެ 10:00 އާއި ދެމެދު ސަރުކާރު ބަންދު ނޫންކޮންމެ ދުވަހެއްގެ 8:30 އިން މެންދުރު ފަހު 13:00 އާއި ދެމެދުގައެވެ. ރަޖިސްޓްރީކުރެއްވުމަށް ކައުންސިލްގެ ޕްރޮޖެކްޓް އޮފިސަރ ފާޠިމަތު ނުހާ 6660545 އާއި ގުޅުއްވައިގެން ރަޖިސްޓްރީގެ ކަންތައް ކުރިޔަށް ގެންދެވުމަށް ދަންނަވަމެވެ. އއ.ފެރިދޫ ކައުންސިލަށް ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
ޕްރީބިޑް ބައްދަލުވުން:

މި މަސައްކަތުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 22 ސެޕްޓެމްބަރު 2020 ވާ އަންގާރަ ދުވަހުގެ 10:00 ގައި އއ.ފެރިދޫ ކައުންސިލްގެ އިދާރާގައެވެ.

ބިޑް ހުޅުވުން:

މި މަސައްކަތުގެ ބިޑް ހުޅުވުން އޮންނާނީ 28 ސެޕްޓެމްބަރު 2020 ވާ ހޯމަ ދުވަހުގެ 10:00 ގައި އއ.ފެރިދޫ ކައުންސިލްގެ އިދާރާގައި ބިޑް ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ހާޒިރުގައެވެ. މި ގަޑީގެ ފަހުން ހުށަހަޅާ ބިޑްތަކާއި ގަޑި ޖެހުމުގެ ފަހުން ހުށަހަޅާ ބިޑުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން:

މިމަސައްކަތާއި ބެހޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރަށްވާނީ 28 ސެޕްޓެމްބަރު 2020 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން މިކައުންސިލްގެ އީމެއިލް ([email protected]) އަށެވެ.

                   މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                   28 މުޙައްރަމް 1442

16 ސެޕްޓެންބަރު 2020
ހޯދާ