މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

މިލަދުންމަޑުލުއުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ

          ފޭދޫ، ދިވެހިރާއްޖެ.   

     ނަންބަރު:(IUL)274/INDIV/2020/33

އިޢުލާނު

            ވޭޖު އެމްޕްލޮއިމަންޓްގެ ދަށުން  މިރަށު އިޖުތިމާޢީ ސަރަހައްދުތަކާއި ޤަބުރުސްތާނު އަދި ހިނަވާގެ ސާފުކޮށް ބަލަހައްޓަދޭނެ މުވައްޒަފުން ބޭނުންވެއްޖެއެވެ.   

މަޤާމް

މަސައްކަތު

ބޭނުންވާ ޢަދަދު

1 (އެކެއް) (ފިރިހެން)

މަޤާމުގެ ގިންތި

ވަގުތީ (03 މަސް)

ވަޒީފާ އަދާކުރަންޖެހޭ ތަން

މިލަދުންމަޑުލުއުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ

މުސާރަ

މަހަކު -/1500ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

މަސައްކަތްކުރަންޖެހޭ ދުވަހާއި ގަޑި

ހަފްތާއަކު 6 ދުވަހު، ދުވާލަކު 04 ގަޑިއިރު (މުސާރަ އާއި ސަރވިސް އެލަވަންސް ލިބޭނީ މަސައްކަތު ނިކުންނަ ދުވަހަށް)

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

ސާފުކުރަންޖެހޭ ސަރަހައްދުތައް

 • ބަނދަރު އެއްގަމު ތޮށިން ފެށިގެން ހޭޅިއާއި ހިސާބަށް
 • އަންނާރުމާގެއިން ފެށިގެން ފިނިވާމަގާއި ހަމައަށް އަދިފިނިވާމަގުގެ ފްރެންކްވިލާގެއިން ފެށިގެން ހުޅަނގުކޮޅުން ގޮނޑުދޮށާއި ހަމައަށް
 • ވައިޖެހޭ މަގުގެ ވައިމަތީގެއިން ފެށިގެން ގޮނޑުދޮށަށް
 • ސޯސަންމަގުގެ ހުޅަނގުކޮޅުން އިންޖީނުގެއިން ފެށީގެން ގޮނޑުދޮށަށް
 • ސޯސަންމަގުން ބަނދަރަށް ދާން އޮންނަ މަގު ޤަބުރުސްތާނު އިންފާރުން ފެށިގެން ބަނދަރާއި ހަމައަށް އަދި ދޯނި އެހެލާ ސަރަހައްދު
 • ސޯސަންމަގުގެ ރަހްމާނީހިޔާގެއިން ފެށިގެން ގޮނޑުދޮށަށް
 • ކާނޭޝަންމަގު ޓޫ ފްލާވާރ ގެއިން ފެށިގެން ގޮނޑުދޮށަށް
 • ރަށްވަށާމަގާއި ސޯސަންމަގާއިގުޅޭ ހިސާބުން ފެށިގެން ކުރީގެ ކުނިކޮށްޓާއި ހަމައަށް
 • މަރުކަޒީ ހިނގުމާއި ރަށްވަށާ މަގާއި ގުޅޭ ސަރަހައްދުން ފެށިގެން ކުނި އަންދާ އަށްޓާއި ހަމައަށް
 • މަސްޖިދުލް ޢީމާންއިން ފެށިގެން ކުނިކޮށި މަގު ގޮނޑުދޮށާއި ހަމައަށް
 • މަރުކަޒީހިނގުން ބަނދަރުން ފެށިގެން ގެވަޅުތަކާއި ހަމައަށް
 • ފީރޯޒުގެ ކުރިމަތީގައިވާ ހުސްބިން
 • ކުރީގެ ސްކޫލް ގޯއްޗާއި އިންވެގެންހުރި މަގުގޯޅިތަކުގެ ދެބައިކުޅައެއްބައި
 • ގަހާތަރި ގޯތީގެ އިރުމަތިން އޮންނަ ހުސްބިން
 • ދަނޑުމަތީގެ ގޯއްޗާއި އަދި އެގޯއްޗާއި އިންވެގެންވާ މަގުގޯޅިތަކުގެ ދެބައިކުޅައެއްބައި
 • ށ.ފޭދޫ ސިއްހީ މަރުކަޒުގެ ހުޅަނގުން ކައުންސިލުގެ ބެލުމުގެ ދަށުގައިހުރި ހުރި ގެއާއި އެގެއާއި އިންވެގެންހުރި މަގުގޯޅިތަކުގެ ދެބައިކުޅައެއްބައި އަދި އެގެއިން ފެށިގެން ހުޅަނގުކޮޅުން މަގުގެ ނިމޭ ހިސާބަށް
 • ސާފުކުރަން ކަނޑައަޅާފައިވާ ސަރަހައްދުތަކަށް ވެއްޓިފައި ހުންނަ ރުއްގަސް ނަގާ ސާފްކުރުން
 • މަރުކަޒީ ހިނގުން އިރުމަތީކޮޅުގައި އޮންނަ ޕާކާއި ސޯސަންމަގު ހުޅަނގުކޮޅުގައި އޮންނަ ޕާކާއި އަދި އެ ދެ ޕާކާއި އިންވެގެންވާ މަގުގޯޅިތަކުގެ ދެބައިކުޅައެއްބައި ސާފުކުރުން (ޕާކާއި އިންވެގެން މަގު ގޯޅި ހެދިފައިނުވާ ސަރަހައްދުތަކުގެ 10 ފޫޓަށް ސާފުކުރުން)
 • ކުޅިވަރު ކުޅުމަށް ތަރައްޤީ ކުރެވިފައިވާ ކޯޓުތަކާއި އެކޯޓްތައް ވަށައިގެންވާ މަގުގޯޅިތައް ކުނިކަހާ ސާފްކޮށް ބެލެހެއްޓުން
 • ވިނަ އިންދާފައި ހުރި ކުޅިވަރު ބިންތަކުގައި ހުރި ވިނަތައް ކައުންސިލުން އަންގާ ގޮތެއްގެ މަތިން ކޮށާ ބެލެހެއްޓުން
 • ޤަބުރުސްތާނުގައި ފަޅާފައިވާ އަދި ފަޅައިގެން ހެދޭ ގަސްތަކާއި ވިނަތައް ބިންގަނޑު ނުފެންނަ ވަރަށް ކޮށާ ސާފުކުރުން.
 • ޤަބުރުސްތާނު ވަށައިގެން ހެދިފައިވާ މަގުތަކާއި ގޯޅިތައް އިންފާރުން ފެށިގެން 10 ފޫޓުން ކަހާސާފުކުރުން.
 • ހިނަވާގެ އެތެރެ ކުނިކަހާ މޮއްޕުލާ ސާފުކުރުން.
 • ހިނަވާގެ އެތެރޭގެ އަށި، މޭޒު، ދޮރުތަކާއި ދޮރުފަތްތައް، ކަބަޑު، އަދި ފަންކާތަކާއި ހަރުކުރެވިފައިވާ ނުވަތަ ބެހެއްޓިފައިވާ އެހެންވެސް ތަކެތި ފޮޅާސާފުކުރުން.
 • ހިނަވާގެ ބޭނުން ކުރަންޖެހޭ ހާލަތްތަކުގައި ބޭނުން ކުރުމުގެ ކުރިންނާއި ބޭނުންކޮށް ނިމުމުން، އުކާލަންޖެހޭ އެއްޗެއް އުކާލާ، ހިނަވާގެ ތެރެއާއި ގުދަން ތަރުތީބުކުރުން (ބޭނުންކުރަން ސާފުކުރަންޖެހިއްޖެ ނަމަ އެކަން ކައުންސިލުން މަސައްކަތާއި ހަވާލުވި ފަރާތަށް އަންގާނެއެވެ.)
 •  މައްޔިތާ ހިނެވުމާއި ސަންދޯއް ޖެހުމުގެ ކަންކަމަށް ބޭނުންވާ އެންމެހާ ސާމާނުތައް ހަމަތޯބަލާ ކައުންސިލް އިދާރާއަށް އެންގުމާއި ކައުންސިލް އިދާރާއިން ހަވަލުކުރާ ތަކެތި ހިނަވާގެ އަށްލުން.
 •  ހިނަވާގެ ގޯތިތެރެއާއި ގޯއްޗާއި އިންވެގެންހުރި މަގުގޯޅިތަކުގެ ދެބައިކުޅައެއްބައި ކުނިކަހާ ސާފުކޮށް، ގޯތިތެރޭގައި ހުރި ގަސްތައް ކޮށާ ސާފުކޮށް ބެލެހެއްޓުން.
 • ރަށްވެހިގެ ހިމެނޭ ގޯތިތެރެއާއި ވަށައިގެންވާ މަގުގޯޅިތަކުގެ ދެބައިކުޅައެއްބައި ކުނިކަހާ ސާފުކުރުން
 • ރަށްވެހިގެ ގޯތިތެރޭގައި ހުރި ގަސްތައްކޮށާ ބެލެހެއްޓުން
 • ކުނިކޮށި ކުނިކަހާ ސާފުކޮށް ބެލެހެއްޓުން

މަޤާމުގެ ޝަރުތުތައް

 1. ލިޔަންކިޔަން އެގުން

(ނޯޓް: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ސްކޫލް 5 ނިންމި ކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.)

ހުށަހަޅަންޖެހޭ ލިޔުންތައް

1- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށްއެދޭ ފޯމް. (މި ފޯމް ށ.ފޭދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3- ވަޒީފާ އަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

4- ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

5- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

6- އެއްވެސް ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.

7. ދަށްވެގެން ގްރޭޑް 5 ނިންމި ކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ  ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ލިބިފައިވާ ތަޢުލީމް.

މަސައްކަތު ތަޖުރިބާ.

އިންޓަވިއު.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 27 ސެޕްޓެމްބަރ 2020 ވާ އާދިއްތަދުވަހުގެ މެންދުރު 14:00 ގެ ކުރިން، މިލަދުންމަޑުލުއުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް  [email protected]މެދުވެރިކޮށްވެސް ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނަޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

(ނޯޓް: އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ގަޑި ޖެހުމުގެ ކުރިން ލިބުނުތޯ ޗެކްކޮށް ބެލުމަކީ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުން ކުރަންޖެހޭ ކަމެކެވެ.)

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 27 ސެޕްޓެމްބަރ 2020އާއި 27 އޮކްޓޯބަރ 2020އާ ދެމެދު، މިލަދުންމަޑުލުއުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާގައެވެ. އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް އިންޓަވިއު އޮންނާނެ ގަޑިއާއި ތާރީޚް ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން އަންގާނެއެވެ. ވީމާ، މިވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުން މި މުއްދަތުގައި އިންޓަވިއުއަށް ހާޒިރުވެވޭގޮތަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތި ލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540045 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 28 މުހައްރަމް 1442

16 ސެޕްޓެމްބަރ 2020

16 ސެޕްޓެންބަރު 2020
ހޯދާ