މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
6 ރަށެއްގެ އީ.އެސް.އެމް.ޕީ އަޕްގްރޭޑްކުރުމަށް ކޮންސަލްޓަންޓެއް ހޯދުމަށް

 

އިޢުލާން ނަންބަރު: (IUL)438-MCEP/438/2020/160

 

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު

6 ރަށެއްގެ އީ.އެސް.އެމް.ޕީ އަޕްގްރޭޑްކުރުމަށް ކޮންސަލްޓަންޓެއް ހޯދުމަށް

 

ދިވެހިރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށްޓަކައި ވޯރލްޑް ބޭންކުގެ ހިލޭ އެހީގައި މި މިނިސްޓްރީއިން ހިންގާ ސާފު ރާއްޖެ – މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ ދަށުން 6 ރަށެއްގެ އީ.އެސް.އެމް.ޕީ އަޕްގްރޭޑްކުރުމަށް ކޮންސަލްޓަންޓެއް ހޯދުމަށްހޯދުމަށް ބޭނުންވެއެވެ.  ވީމާ، މި  މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓަރަސްޓް" ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.

މިމަސައްކަތުގެ ޓަރމްސް އޮފް ރިފަރަންސް "ޓީ. އޯ. އާރް" ނެޝަނަލް ގެޒެޓްގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ޓީ. އޯ. އާރް ގައި ބަޔާންކުރެވިފައިވާނެއެވެ.

މި މސައްކަތަށް ކުރިމަތިލުމަށް ހުށަހަޅަން ޖެހޭ ލިއެކިއުންތައް:

ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)

  • ޕްރައިސް ޕޮރޮޕޯސަލް
  • މި މަސައްކަތައް ޝައުގުވެރިވާ ފަރާތުގެ ވަނަވަރު، ވަނަވަރުގައި ކުރީގެ ތަޖުރިބާ ރަނގަޅަށް އެނގޭނެހެން ތަފްޞީލްކޮށް ލިޔެފައި ހުންނަންވާނެއެވެ.
  • މިފަދަ ޙިދުމަތްތައް ފޯރުކޮށްދީފައިވާ ތަންތަނުން ދީފައިވާ ތަޖުރިބާގެ ލިއުންތައް
  • ވަޒީފާއަށް އެދި ހުށަހަޅާފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ / ޕާސްޕޯޓް ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި - ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އެޓެސްޓް ކޮށްފައި ހުންނަންޖެހޭނީ ސެޓްފިކެޓްގެ އެކްރެޑިޓް ކޮށްފައިވާ އަސްލުގެ ކޮޕީ އެއްގައެވެ.

ވީމާ މިކަމަށް ޝަޢުޤުވެރިވާ، ޝަރުޠުހަމަވާ ފަރާތްތަކުން 27 ސެޕްޓެމްބަރ 2020 ވާ އާދިއްތަ ދުވަހުގެ 13:00 ކުރިން ހުށަހެޅުމަށްދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް:

ޕްރޮޖެކްޓް މެނޭޖަރ

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް

ހަނދުވަރީ ހިނގުން، މާފަންނު

މާލެ، ދިވެހިރާއްޖެ.

ނަންބަރު: +960 3018300

އީމެއިލް:  [email protected]

16 ސެޕްޓެންބަރު 2020
ހޯދާ