މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިމިނިސްޓްރީގެ ދަށުން ހިނގަމުންގެންދާ މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި ބޭނުންކުރާ ބެޑްޝީޓް އަދި ބާލީސްއުރަ ފަދަތަކެތި ދޮވުމަށް އައި.ޖީ.އެމް އެޗަށް ގެންގޮސް ގެނެސްދިނުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އިޢުލާން 

         މިމިނިސްޓްރީގެ ދަށުން ހިނގަމުންގެންދާ މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި ބޭނުންކުރާ ބެޑްޝީޓް އަދި ބާލީސްއުރަ ފަދަތަކެތި ދޮވުމަށް އައި.ޖީ.އެމް އެޗަށް ގެންގޮސް ގެނެސްދިނުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 16 ސެޕްޓެމްބަރ 2020 ވާ ބުދަ ދުވަހުން ފެށިގެން 24 ސެޕްޓެމްބަރ 2020 ވާ  ބުރާސްފަތި ދުވަހުގެ  މެންދުރުފަހު 13:30 ގެ  ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 04 އޮކްޓޯބަރ 2020 ވާ  އާދިއްތަ ދުވަހުގެ ހެނދުނު 10:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ. މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 30 ސެޕްޓެމްބަރ 2020 ބުދަދުވަހު ހެނދުނުު 11:30ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

27 މުޙައްރަމް 1442

15 ސެޕްޓެންބަރު 2020
ހޯދާ