މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމާއި ސަކުވާއެއްވޭތޯ ބެލުން

      މިރަށު އައު އިންޖީނުގޭ އިރުމަތީގައި އޮތް ބިމުގައި ހުރި ރުއްގަހުގެ ވެރިފަރާތް ހޯދުމާއި ވެރިފަރާތާމެދު އެއްވެސް ޝަކުވާއެއް ވޭތޯ ބެލުމަށް ބޭނުންވެއެވެ.

      ވީމާ، އެސަރަހައްދުގައި މިއިދާރާއިން 1 ން 28 ށް ރަތްކުލައިން ކަނޑާ ނަންބަރު ޖަހާ، ރަތްބަންދު އަޅާފައިވާ ރުއްގަހުގައި އެރުއްގަހުގެ ވެރިފަރާތުގެ ނަމާއި ގޭ ނަންބަރު ނުވަތަ ގޭގެ ނަން ޖެއްސެވުމަށްފަހު އެކަން 2020 ސެޕްޓެމްބަރ 27 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް އެންގެވުމަށް ދަންނަވަމެވެ. މިގޮތަށް އަންގަވާއިރު އެތަކެތީގެ ލިސްޓެއް މިއިދާރާއިން ޖަހާފައިވާ ކަނޑާނަންބަރު އިގޭނެގޮތަށް ހުށަހެޅުމަށްވެސް ދަންނަވަމެވެ. އަދި މިރުއްގަހުގެ މައްސަލައާއި ގުޅިގެން އެއްވެސް ފަރާތެއްގެ ސަކުވާއެއްވާނަމަ  2020 ސެޕްޓެމްބަރ 27 ވާ އާދީއްތަ  ދުވަހުގެ 14:00ގެ ކުރިން މިއިދާރާއަށް އެކަން ލިޔުމަކުން  އެންގެވުމަށް ދަނަނަވަމެވެ. އަދި މިމުއްދަތުގެ ތެރޭގައި އެތަކެތީގެ ނަންބަރު ޖަހާފައި ނުވާނަމަ އަދި ސަކުވާއެއް ނުވާނަމަ ބެލެވޭނީ އެތަކެތީގެ ވެރިފަރާތް ނުވަތަ ސަކުވާއެއް ނެތީކަމުގައެވެ.

      މިހެންވެމިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

15 ސެޕްޓެންބަރު 2020
ހޯދާ