މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮޑިދޯނިފަހަރު ރަޖިސްޓަރީ ކުރުމުގެ ޙަރަކާތާއި ގުޅިގެން ކައުންސިލުންދޭ އެހެނިހެން ޢާންމު ޚިދުމަތްތައް މެދުކަނޑާލުން

މިކައުންސިލާއި ރ.އަތޮޅު ކައުންސިލް އަދި މަޑުއްވަރީ ޕޮލިސް ސްޓޭޝަން ގުޅިގެން ރަށުގައި ރަޖިސްޓަރީ ނުކޮށްހުރި ކަނޑު އުޅަނދުފަހަރު ރަޖިސްޓަރީ ކޮށްދިނުމަށް އެހީތެރިވެ ދިނުމުގެ ގޮތުން މާދަމާ 2020 ސެޕްޓެންބަރު 16 ވާ ބުދަ ދުވަހު ޙަރަކާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

 މިހަރަކާތުގައި ކައުންސިލްގެ އެންމެހާ މުވައްޒަފުން މަޝްޢޫލުވާތީ، ކައުންސިލުންދޭ އެހެނިހެން ޢާންމު ޚިދުމަތްތައް މާދަމާ (16 ސެޕްޓެންބަރު 2020 ވާ ބުދަ ދުވަހު) މެދުކަނޑާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

އެހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 ސެޕްޓެންބަރު 2020
ހޯދާ