ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކިޗެން ސްޕެޝަލިސްޓެއް ހޯދުމާއި ބެހޭ

ކިޗެން ސްޕެޝަލިސްޓެއް ހޯދުމާއި ބެހޭ

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާއި (ބީ.ސީ.ސީ) ގުޅިގެން ސަރުކާރުގެ އެސް.އެމް.އީ (SME) ޕޮލިސީގެ ދަށުން ކުދި ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބީ.ސީ.ސީއިން ކުރިއަށް ގެންދަން ނިންމާފައިވާ "ކޯޝެއާޑް ކިޗެން" ޕްރޮޖެކްޓަށް ކޮންސަލްޓެންސީ ދިނުމަށް "ކިޗެން ސްޕެޝަލިސްޓެއް" ހޯދުމަށް އާންމުކޮށް އިއުލާންކުރަމެވެ.

މި މަސައްކަތް ކުރިއަށް ގެންދިޔުމަށް ނިންމާފައި ވަނީ ' Sustainable Economic Empowerment and Development for SMEs (SEEDS)' ޕްރޮޖެކްޓުގެ ދަށުންނެވެ. SEEDS ޕްރޮޖެކްޓަކީ ދިވެހިރާއްޖޭގައި ހުންނަ އ.ދ. ގެ ތަރައްޤީއާއި ބެހޭ ޖަމުޢިއްޔާއާއި (UNDP) އެއްބާރުލުމުގެ ދަށުން އަދި ޖަޕާން ސަރުކާރުގެ މާލީ އެހީތެރިކަމާއި އެކު ކުރިއަށްދާ ޕްރޮޖެކްޓެކެވެ. SEEDS ޕްރޮޖެކްޓުގެ އަމާޒަކީ COVID-19 ގެ ސަބަބުން ދިވެހިރާއްޖެއަށް ކުރަމުން އަންނަ އަދި ކޮށްފައިވާ ނޭދެވޭ އަސަރުތައް ހިރާސްކުރުމަށް އިޤްތިސާދީ ވަސީލަތްތަކެއް ފޯރުކޮށްދިނުމެވެ.

ވީމާ މި ކޮންސަލްޓެންސީއަށް ޝައުގުވެރިވާ ފަރާތްތަކުން މިކަމަށް ކުރިމަތިލުމަށް ދައުވަތު އަރުވަމެވެ. މި އިއުލާނާއިއެކު މިމަސައްކަތާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެ ވާހަކަވެސް ދަންނަވާލަމެވެ.

އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ[email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

15 ސެޕްޓެންބަރު 2020
ހޯދާ