ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް ގެ ފަޔަރ އެންޑް ސަވައިވަލް ޓްރެއިނިންގ ކޮމްޕްލެކްސް (ވިލިމާލެ) ގެ ވަށާ ފާރާހެދުން . އިދާރީ އޮފީހުގެ ވަށާފާރާއި ، ރިސެޕްޝަން ހެދުމުގެ މަސައްކަތް ކުރުން.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް ގެ  ފަޔަރ އެންޑް ސަވައިވަލް ޓްރެއިނިންގ ކޮމްޕްލެކްސް (ވިލިމާލެ) ގެ ވަށާ ފާރުހެދުން . އިދާރީ އޮފީހުގެ ވަށާފާރާއި ، ރިސެޕްޝަން ހެދުމުގެ މަސައްކަތް ކުރުން.


             ވިލިމާލޭގައި ހުންނަ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒްގެ ތިރީގައި މިވާ މަސައްކަތް ކުރުމަށް  ބޭނުންވާތީ އެމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށައެޅުމަށް ފުރުސަތު ހުޅުވާލަމެވެ.

  • ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް (އިދާރީބައި) ވަށާފާރާއި ގޭޓު މަރާމާތުކުރުން އަދި ރިސެޕްޝަން ހެދުމުގެ މަސައްކަތް.
  • މިސެންޓަރުގެ ތަމްރީނުތައް ހިންގާ ފަޔަރ އެންޑް ސަވައިވަލް ޓްރެއިނިންގ ކޮމްޕްލެކްސް (ސަވައިވަލް ސެންޓަރުގެ) ވަށާ ފާރު ހެދުމުގެ މަސައްކަތް.

މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުން

           މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން އޮންނާނީ  20 ސެޕްޓެމްބަރ 2020 ވާ އާދިއްތަ  ދުވަހުގެ ހެނދުނު 11:00 ގައި ، ސެންޓަރ ފޯރ މެރިޓައިމް ސްޓަޑީޒް، ޝަމްސުއްދީން ހިނގުން، ވިލިމާލެ އަށް، މި ގަޑިއަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ. 

ބީލަން ބަލައިގަތުން، އަދި ވެލިޑިޓީ

            ބީލަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ  28 ސެޕްޓެމްބަރ  2020 ވާ ހޯމަ ދުވަހު 13:00 ގައި ދިވެހިރާއްރޭއްގެ ގައުމީ ޔުނިވަސިޓީގެ އިދާރީމަރުކަޒު، ރައްދެބައިހިނގުން، މާލެ ގައެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

           ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް ކަމުގައިވާންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

           މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ގުޅުޅުއްވާނީ.

  • ސީ.އެމް.އެސް  އިން 3390681 ، 3345223 ، 3345134

          އީ-މެއިލް ކުރައްވާނީ ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ، އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

ނޯޓް:
       ބީލަމާއެކު ހުށަހަޅާ އަގުބަޔާންކުރާ ޝީޓު ނުވަތަ ކޯޓޭޝަންގައި ބީލަންހުށަހަޅާ ފަރާތުގެ ސޮޔާއި ކުންފުންޏެއްނަމަ، ކުންފުނީގެ ތައްގަނޑުޖަހާފައި ހުންނަވާނެއެވެ.  މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ޔުނިވަރސިޓީ އަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި ޔުނިވަރސިޓީ އަށް ލިބިގެންވެއެވެ.

 

15 ސެޕްޓެންބަރު 2020
ހޯދާ