ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސ.ހިތަދޫ ކެމްޕަސްއަށް ބޭނުންވާ ބައެއް އެއަރކޮންޑިޝަންތައް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1.  ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސ.ހިތަދޫ ކެމްޕަސްއަށް ބޭނުންވާ ބައެއް އެއަރކޮންޑިޝަންތައް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު MNU-CA-PAMD/2020/20  އިއުލާނަށް އެއްވެސް ފަރާތުން ބީލަން ހުށަހަޅަން ހާޒިރުވެފައިނުވާތީ މި މަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
  2. ގަންނަން ބޭނުންވާ ތަކެތި އަދި މަސައްކަތުގެ މިނިމަމް ރެކުއަރމަންޓް/ސްޕެސިފިކޭޝަން މި ކަރުދާހާ އެޓޭޗް ކުރެވިފައިވާނެއެވެ.
  3. މި މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ޓެކްނިކަލް އިވެލުއޭޝަނެއް ހެދުމަށްފަހު އޭގެތެރެއިން އެންމެ ރަނގަޅު ފަރާތަކަށެވެ.
  4. މި ބީލަމަކީ ސަޕްލައިކޮށް އިންސްޓޯލްކުރުމަށް މުއްދަތެއް ކަނޑައަޅާފައިވާ ބީލަމަކަށް ވާތީ، މި ބީލަމުގައި ޕޮއިންޓް ދިނުމުގައި މުއްދަތަކަށް ޕޮއިންޓެއް ނުދޭނެއެވެ. އައިޓަމް ސަޕްލައިކޮށް އިންސްޓޯލްކުރުމަށް އެންމެ ގިނަވެގެން ދެވޭނެ މުއްދަތު މި އިއުލާނުގެ ނަންބަރު 5 ގައި ބަޔާންކޮށްފައިއެވަނީއެވެ.
  5. ސަޕްލައިކުރުމާއި އިންސްޓޯލްކުރުމަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ ބީލަން އެވޯޑް ކުރާ ދުވަހުން ފެށިގެން 15 ދުވަހެވެ. މި މުއްދަތު އިތުރު ނުކުރެވޭނެއެވެ. 15 ދުވަސް ގުނާނީ ހުކުރުދުވަހާއި އަދި ބަންދު ދުވަސްތައްވެސް ހިމަނައިގެންނެވެ.
  6. ހުށަހަޅާ ބީލަން/ކޯޓޭޝަންގެ ވެލިޑިޓީއަށް މަދުވެގެން 60 ދުވަސް ދޭންވާނެއެވެ.
  7. އެއަރކޮންޑިޝަން ސަޕްލައިކުރުމާއި އަދި އިންސްޓޯލްކުރުމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2020 ސެޕްޓެމްބަރ 21  ވަނަ ދުވަހު ހެނދުނު 10:00 އިން މެންދުރުފަހު 1:30 އަށް ސ.ހިތަދޫ ކެމްޕަސް އަށްް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
  8. ބީލަން ހުށަހެޅުން އޮންނާނީ  24 ސެޕްޓެމްބަރ 2020ވާ ބުރާސްފަތި ދުވަހު 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސ.ހިތަދޫ ކެމްޕަސް ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގާ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިއުލާނު ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  9. ބީލަން ހުށަހަޅުއްވަންވާނީ މި އިއުލާނާ އެޓޭޗް ކުރެވިފައިވާ އުޞޫލުގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށެވެ. އުޞޫލުގައި ހުށަހެޅުމަށް ލާޒިމްކޮށްފައިވާ ތަކެތި ބީލަމާއެކު ހުށަނާޅާ ފަރާތްތަކުގެ ބީލަންތައް ބާޠިލްކުރެވޭނެއެވެ.
  10. މީގެ އިތުރުން ނަންބަރު 2 ގައި ބަޔާންކޮށްފައިވާ ފަދައިން ޕްރޮޕޯސަލްގައި ބަޔާންކުރަންޖެހޭ މައުލޫމާތާއި މި އިއުލާނުގައިވާ މިނިމަމް ސްޕެސިފިކޭޝަނާ ދިމާނުވާނަމަ އެފަރާތްތަކުގެ ބީލަންވެސް ބާޠިލްކުރެވޭނެއެވެ. 
  11. އިސްވެދެންނެވިފައިވާ ގަޑިއަށް ބީލަން ހުށަހެޅުމަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ. ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ތިރީގައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ބަޔާންކޮށްފައިވާ ފޯން ނަންބަރަށް ގުޅުއްވުން އެދެމެވެ. 

 

 

15 ސެޕްޓެމްބަރ 2020

15 ސެޕްޓެންބަރު 2020
ހޯދާ