ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ދ.މީދޫ މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން ކޮންޓްރެކްޓް އުސޫލުން ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމާ ގުޅޭ

        ދ.މީދޫ މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރީޓީ ބެލެހެއްޓުން، މީލާދީގޮތުން 01(އެކެއް) އަހަރުގެ މުއްދަތަށް، ކޮންޓްރެކްޓް އުޞޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް  ބޭނުންވެގެން ކުރި މިކޯޓުގެ ނަންބަރު: M8C-A/2020/10 (03 ސެޕްޓެމްބަރު 2020) އިއުލާނާއި ގުޅިގެން އެކަށީގެންވަ އަދަދަށް މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުވެފައި ނުވާތީ، އެ އިއުލާނު ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.

        ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ  ޤާބިލުކަންހުރި ފަރާތްތަކުން 22 ސެޕްޓެމްބަރު 2020 ވާ އަންގާރަ ދުވަހުގެ 10:00  އަށް ދ.މީދޫ މެޖިސްޓްރޭޓް ކޯޓު ނުވަތަ ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

  • އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 27 ސެޕްޓެމްބަރު 2020 (އާދިއްތަ)
  • އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 10:00
  • އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ދ.މީދޫ މެޖިސްޓްރޭޓް ކޯޓް ނުވަތަ ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓް

 

      މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި ވިޔަފާރި ކުރުމުގެ ހުއްދައޮންނަ ޖަމިއްޔާ ޖަމާއަތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު އަދި އަންދާސީ ހިސާބު ހުށަހަޅުއްވާއިރު، އެބޭފުޅަކު ތަމްސީލު ކުރައްވާ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީ ނުވަތަ ވިޔަފާރިކުރުމުގެ ހުއްދައޮންނަ ފަރާތެއްކަން އެނގޭފަދަ ރަސްމީ ލިޔުމަކާއި އައިޑީކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއާއި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

      މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. 

15 ސެޕްޓެންބަރު 2020
ހޯދާ