ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަން ކިޔުން

ނީލަން ކިޔުމާއި ބެހޭ

                މިރަށު ރަންވޭމަގުން ނަގާފައިވާ 2 ގަސް ފިތުރޯނު ނީލަންކިޔުން 2020 ސެޕްޓެމްބަރ25

ވާ ހުކުރު ދުވަހުގެ ހަވީރު 4:30 ގައި ގަސްއޮތް ސަރަހައްދުގައި އޮންނާނެއެވެ. ގަސް ނީލަމުންނަގާ ފަރާތުން 2020 ސެޕްޓެމްބަރ 27 ވާ އާއްދީއްތަ ދުވަހު ހަނިމާދޫ ކައުންސިލަށް އަގުދެއްކުމަށްފަހު، 7 (ހަތެއް) ދުވަހުގެ ތެރޭގައި ގަސް ނަގައިގެން ގެންދަންވާނެއެވެ. އަދި ގަހުންބޭނުން ނުކުރާބައި މަގަށްނުވާގޮތަށް ދުރުކުރުމަށާއި، ބޭނުން ކުރާބައިތައް މަގުހެދުމުގެ މަސައްކަތަށް ދަތިނުވާނެގޮތުގެ މަތިން 7 ދުވަހުގެ މުއްދަތުގެ ތެރޭގައި ގެންގޮސް ނިންމަންވާނެއެވެ. އަދި މިމުއްދަތުގައި ނުގެންގޮސްފިނަމަ ނީލަމުންނެގިގަސް އެފަރާތުން ބޭނުން ނުވަނީކަމުގައި ބަލައި މިއިދާރާއިން ކުނީގެ ގޮތުގައި ނައްތާލާނެކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ. 

15 ސެޕްޓެންބަރު 2020
ހޯދާ