މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
މިމަޝްރޫޢުގެ ދަށުން ކުނި މެނޭޖްކުރުމާއި ބެހޭ ގޮތުން ހޭލުންތެރިކުރުވުމަށް ޓޫލްކިޓެއް ހެދުމަށް ކޮންސަލްޓެންސީގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

 

އިޢުލާން ނަންބަރު: IUL)438-MCEP/438/2020/159)

 

އިންވިޓޭޝަން ނަންބަރު:   MV-MEE-158466-CS-CQS 

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

މިމަޝްރޫޢުގެ ދަށުން ކުނި މެނޭޖްކުރުމާއި ބެހޭ  ގޮތުން ހޭލުންތެރިކުރުވުމަށް ޓޫލްކިޓެއް ހެދުމަށް ކޮންސަލްޓެންސީގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

ދިވެހިރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށްޓަކައި ވޯރލްޑް ބޭންކުގެ ހިލޭ އެހީގައި މި މިނިސްޓްރީއިން ހިންގާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ ދަށުން ކުނި މެނޭޖްކުރުމާއި ބެހޭ ގޮތުން ހޭލުންތެރިކުރުވުމަށް ޓޫލްކިޓެއް ހެދުމަށް ކޮންސަލްޓެންސީގެ ކޮންސަލްޓެންސީގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

މިމަސައްކަތުގެ ޓަރމްސް އޮފް ރިފަރަންސް (ޓީ. އޯ. އާރް) ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ޓީ. އޯ. އާރް ގައި ބަޔާންކުރެވިފައިވާނެއެވެ.

މި މަސައްކަތަށް ކުރިމަތިލުމަށް ހުށަހަޅަން ޖެހޭ ލިއެކިއުންތައް:

  • ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
  • މި މަސައްކަތަށް ޝައުގުވެރިވާ ފަރާތުގެ ކުންފުނީގެ ޕްރޮފައިލް (މިދާއިރާގައި ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ތަފްޞީލު ރަނގަޅަށް އެނގޭނެހެން ލިޔެފައި ހުންނަންވާނެއެވެ.)  
  • ކުރީގައި މިފަދަ ޚިދުމަތްތައް ފޯރުކޮށްދީފައިވާ ތަންތަނުން ދީފައިވާ ތަޖުރިބާގެ ލިއުންތައް
  • ޓީމްގައި ހިމެނޭ މެމްބަރުންގެ ވަނަވަރާއި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި (ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އެޓެސްޓް ކޮށްފައި ހުންނަންޖެހޭނީ ސެޓްފިކެޓްގެ އެކްރެޑިޓް ކޮށްފައިވާ އަސްލުގެ ކޮޕީ އެއްގައެވެ.)

މި މަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 07 އޮކްޓޯބަރ 2020 ވާ ބުދަ ދުވަހުގެ 13:00 ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

ވީމާ މިކަމަށް ޝަޢުޤުވެރިވާ، ޝަރުޠުހަމަވާ ފަރާތްތަކުން  07 އޮކްޓޯބަރ 2020 ވާ ބުދަ ދުވަހުގެ 13:00 ކުރިން ތިރީގައިވާ އެޑްރެހަށް  އީމެއިލް މެދުވެރިކޮށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުއްވުންއެދެމެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް:

ޕްރޮޖެކްޓް މެނޭޖަރ

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް

ހަނދުވަރީ ހިނގުން، މާފަންނު

މާލެ، ދިވެހިރާއްޖެ.

ނަންބަރު:  3018441 960+ 3018451 960 +

އީމެއިލް:  [email protected]

14 ސެޕްޓެންބަރު 2020
ހޯދާ