ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއްގައި ވަކާލާތުކޮށްދޭނެ ޤާނޫނީ ފަންނުގެ ވަކީލަކު ހޯދުމަށް

އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2020/59

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

(PROC-19-20) PSM-Legal /2020/09

 

 

 

އިޢުލާން

  • ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު

މި ކުންފުނީގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއްގައި ވަކާލާތުކޮށްދޭނެ ޤާނޫނީ ފަންނުގެ ވަކީލަކު ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަމްބަރު   (IUL) PSM-FP/PSM/2020/55އިޢުލާނަށް އެކަށީގެންވާ ތަރުޚީބެއް ލިބިފައިނުވާތީ އެއިޢުލާން ބާތިލްކޮށް، ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

  • ޕްރޮޕޯސަލް ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތު

1

 

 

ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކަށް ދެވޭ މަޢުލޫމާތު:

 

 

ކުރަންޖެހޭ މަސައްކަތް:

  • ކުންފުނީގެ ފަރާތުން ސުޕްރީމް ކޯޓުގައި އިލްތިމާސް ކޮށްފައިވާ މައްސަލައެއްގައި ޕީ.އެސް.އެމްގެ ފަރާތުން ވަކާލުތުކުރުން.
  • މައްސަލަ ސިވިލްކޯޓަށް ހުށަހެޅުމުގެ ކުރިންނާއި، ސިވިލްކޯޓުގައި މައްސަލަ ހިނގާފައިވާ ގޮތުގެ މައްޗަށްބަލާ މުޅި މައްސަލައިގެ ދިރާސާއެއް ހެދުން.
  • ޝަރީޢަތް ހިނގަން ފެށުމުން މައްސަލައާއި ގުޅިގެން ހުށަހަޅަންޖެހޭ ބަޔާންތައް ތައްޔާރުކޮށް ހުށަހެޅުން.
  • މައްސަލައާއި ގުޅިގެން ކުރަންޖެހޭ ޤާނޫނީ އަދި އިދާރީ ހުރިހާ މަސައްކަތެއް ކުރުން.

2

 

މިމަސައްކަތް ކޮށްދިނުމަށް އެދި ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް.

 

  • ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން.
  • ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ އޮތުން.
  • ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ 2 އަހަރުގެ ތަޖްރިބާ ލިބިފައިވުން.

      

3

 

ހުށަހަޅަންޖެހޭ ތަކެތި ނުވަތަ އަސާސީ މަޢުލޫމާތު.

ލޯފާރމެއްނަމަ/ އަމިއްލަ ފަރުދެއްނަމަ،

  • މަސައްކަތުގެ ނުވަތަ ތަކެތީގެ އަގު: ދިވެހި ރުފިޔާއިން ތަފްސީލާއެކު

ލޯފާރމަކުން ހުށަހަޅާނަމަ:

  • ރަޖިސްޓްރޭޝަން ސެޓްފިކެޓް ކޮޕީ
  • ޖީ އެސް ޓީ ރަޖިސްޓްރޭޝަން ސެޓްފިކެޓް ކޮޕީ
  • ވަކާލާތުކުރާނެ ލޯޔަރުންގެ ވަނަވަރު އެނގޭނެހެން ލޯޔަރުންގެ ތަފްސީލް
  • ޕްރޮފައިލް ކޮޕީ.
  • ލޯފާރމަކުން ހުށަހަޅާ ވަކީލުން ސްޕްރީމްކޯޓްގައި ވަކާލާތުކުރުމުގެ ހުއްދައިގެ ކޮޕީ

އަމިއްލަ ގޮތުން ވަކާލާތުކުރާ ފަރާތެއްނަމަ:

  • އައި ޑީ ކާރޑް ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ސްޕްރީމް ކޯޓްގައި ވަކާލާތުކުރުމުގެ ހުއްދައިގެ ކޮޕީ
  • ވަނަވަރު.

4

 

ޕްރޮޕޯސަލް ބާޠިލްވާނެ ޙާލަތްތައް

  • އަސާސީ މަޢުލޫމާތު ގެ ގޮތުގައި ހުށަހަޅަންޖެހޭ މަޢުލޫމާތެއް ފުރިހަމަނުވުން
  • ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ފޮނުވުން.

5

 

މަސައްކަތްކޮށްދޭނެއަގު ހުށަހަޅާނެގޮތް:

  • އަގު ހުށަޅަންވާނީ ދިވެހި ރުފިޔާ އިންނެވެ.
  • ޖީއެސްޓީ ވަކިން އެގެންއޮންނަންވާނެއެވެ.

 

6

 

ޕޮއިންޓްދެވޭނެގޮތް:

  • މަސައްކަތުގެ ޖުމްލަ އަގު: 50 ޕޮއިންޓް
  • ތަޖްރިބާ:(ހ) ސްޕްރީމް ކޯޓްގައި ވަކާލާތުކުރި މުއްދަތު: 30 ޕޮއިންޓް

     (ށ) ޝަރުޢީ ކޯޓްތަކުގައި ވަކާލާތުކުރި މުއްދަތު: 10 ޕޮއިންޓް

     (ނ) ޕްރޮފައިލް 10 ޕޮއިންޓް

 

 

 

     

7

 

ސުންގަޑި:

  • 17 ސެޕްޓެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިންނެވެ.

8

 

އިވެލުއޭޓްކުރެވޭނެގޮތް:

  • މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ޕްރޮޕޯސަލްތައް މިކުންފުނީގެ އިވެލުއޭޝަން ކޮމެޓީއަށް ފޮނުވައި އިވެލުއޭޓްކޮށް ، އެންމެ އެކަށީގެންވާ ފަރާތަކަށް މަސައްކަތް ޙަވާލުކުރެވޭނެއެވެ. އަދި މި މަސައްކަތް ހަވާލުކުރާ ފަރާތަށް އެމަސައްކަތް ނުކުރެވެއްޖެނަމަ 2 ވަނައަށް އެންމެ އެކަށީގެންވާ ފަރާތަކަށް މަސައްކަތް ހަވާލުކުރުމުގެ އިޚްތިޔާރު ޕީ އެސް އެމް އަށް ލިބިގެން ވެއެވެ.

9

 

މަސައްކަތް ޙަވާލުކުރުން

  • ޕްރޮޕޯސަލްތައް ކޮމެޓީން އިވެލުއޭޓްކޮށް އެންމެ މަތީމާކްސް ލިބޭ ފަރާތާ/ ފަރާތްތަކާ މަސައްކަތް ޙަވާލުކުރެވޭނީ ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

10

 

ޕްރޮޕޯސަލް ބަލައިގަންނާނީ ދެވިފައިވާ އީ މެއިލް މެދުވެރިކޮށެވެ.

 

                 26 މުޙައްރަމް 1442       

                 14 ސެޕްޓެމްބަރ 2020   

14 ސެޕްޓެންބަރު 2020
ހޯދާ