ވާދޫ ސްކޫލް، ރ. ވާދޫ
ދިވެހިރާއްޖެ
ބައު ތަކެތި ނީލަން ކިޔުން

މިސްކޫލްގެ ބައު ތަކެތި ނީލަން ކިޔުން

 

މިސްކޫލުގެ ބައެއް ބައު މުދާ ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ 22ސެޕްޓެމްބަރ 2020 ވާ އަންގާރަ ދުވަހު ސްކޫލު ބެޑްމިންޓަން ކޯޓްގައެވެ. ނީލަން ފެށުމަށް ހަމަޖެހިފައިވަނީ އެދުވަހުގެ ހެނދުނު  11:00ގައެވެ.

ވީމާ، ނީލަމުގައި ބައިވެރިވާން ބޭނުންފުޅުވާ އެންމެހާ ފަރާތްތަކަށް އެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.ނީލަމުން ނެގޭ ތަކެތި ގެންދެވޭނީ އެތަކެއްޗައްވާ އަގު ދެއްކުމަށްފަހުގައެވެ.އަދި ނީލަން ނިމުމަށްފަހު ހަމަ އެދުވަހުގެ ހަވީރު 6:00ގެ ކުރިން ތަކެތި ގެންދަންވާނެއެވެ.އަދި ނުގެންގޮސް ހުންނަ ތަކެތި އޮންނަ އުސޫލުގެ މަތިން ނައްތާލެވޭނެ ވާހަކަވެސް ދެންނެވީމެވެ.                           

ނޯޓް: ނީލަމުގައި ބައިވެރިވުމަށް މިސްކޫލަށް ވަންނަވާއިރު އަތްދޮވުމާއި މާސްކުއެޅުއްވުމާއި އެކު އެޗްޕީ އޭގެ އިރުޝާދާއި އެއްގޮތައް އިޖުތިމާއި ގައި ދުރުކަން ބަހައްޓަންވާނެއެވެ.

ވީމާ މިކަން އާންމުކޮށް އަންގާ ޢިއުލާން ކުރަމެވެ.

14 ސެޕްޓެންބަރު 2020
ހޯދާ