ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

ރަށްރަށުގެ ބަނދަރު/ޖެޓީން އެރަށެއްގެ ފެނަކަ އިންޖީނުގޭގެ ޓޭންކަށް، އެއް އަހަރު ދުވަހުގެ މުއްދަތަށް ޑީސަލް ޑެލިވަރީ ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު އިޢުލާނު (ނަންބަރު: FSM-ADV/2020/025) ގައި ހިމަނާފައިވާ ރަށްރަށުގެ ތެރެއިން، ތިރީގައިވާ ބައެއް ރަށްރަށަށް އެކަށީގެންވާ ތަރުޙީބެއް ނުލިބުމުންނާއި، ބައެއް ރަށްރަށަށް ހުށަހަޅުއްވާފައިވާ އަގު ބޮޑު ކަމަށް ފެންނާތީ، އަލުން މިފުރުޞަތު ހުޅުވާލަމެވެ.

ހއ

މާރަންދޫ

ފ

ބިލެއްދޫ

ށ

މިލަންދޫ

ތ

ވިލުފުށި

ނ

މާފަރު

ތ

ތިމަރަފުށި

 

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  • ރެޖިސްޓްރޭޝަން:  މިބީލަމުގައި ބައިވެރިވެއްލައްވަން ބޭނުންފުޅުވާ ފަރާތްތަކުން، 17 ސެޕްޓެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ މަޢުލޫމާތުތައް [email protected] އަށް މެއިލް ނުވަތަ 7444974 ނަންބަރަށް ވައިބަރ ކުރައްވާ ރެޖިސްޓަރ ކުރެއްވުން އެދެމެވެ.

މެސެޖު/މެއިލްގައި ތިރީގައިވާ މަޢުލޫމާތުތައް ހިމަނަން ވާނެއެވެ.

  • ކުންފުނި / ވިޔަފާރި ހުއްދަ / އަމިއްލަ ފަރުދުގެ ނަން
  • ގުޅޭނެ ނަންބަރު އަދި އީމެއިލް
  • ކުންފުނި ތަމްސީލު ކުރާނެ ފަރާތް އަދި މަޤާމް / އަމިއްލަ ފަރުދެއްނަމަ އައިޑީ ކާޑު ނަންބަރު

 

 ބިޑަށް ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކުގެ ބީލަންތައް ބާޠިލު ކުރެވޭނެއެވެ. 

  • ބީލަން ހުށަހެޅުން: ބީލަން ހުށަހަޅުއްވާނީ، 27 ސެޕްޓެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލްގެ ޒަރީޢާއިންނެވެ.

(އީމެއިލް މެދުވެރިކޮށް ބިޑު ހުށަހެޅުމަށް ހަމައްޖަސާފައިމިވަނީ، ކޮވިޑް-19 ގެ މިޙާލަތުގައި ގިނަ ފަރާތްތަކަކުން އެއްތަނަކަށް ޖަމާވެ ބައްދަލުވުމަކީ އެންމެ އެދެވިގެންވާ ގޮތް ކަމަށް ނުވާތީއެވެ)

   މިބީލަމާއި ގުޅޭ އިތުރު މަޢުލޫމާތު، މިއިޢުލާނާއި އެކު އެޓޭޗްކުރެވިފައި ވާނެއެވެ.  

14 ސެޕްޓެންބަރު 2020
ހޯދާ