ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ޕްރެޒެންޓަރުންނަށް ބޭނުންވާ ކޯޓް (ސޫޓް) ފަހައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2020/60

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

(PROC-18-20) PSM-News /2020/08

 

 

 

އިޢުލާން

  • ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު
  • މި ކުންފުނީގެ ޚަބަރާއި ޕްރޮގްރާމްތައް ހުށަހަޅައިދޭ ފަރާތްތަކަށް (ޕްރެޒެންޓަރުންނަށް) ބޭނުންވާ ކޯޓް (ސޫޓް) ފަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިގޮތުން އަންހެން ޕްރެޒެންޓަރުންނާއި ފިރިހެން ޕްރެޒެންޓަރުން ހިމެނޭގޮތަށް 14 ކޯޓް (ސޫޓް) ފަހަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

  • ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކަށް ދެވޭ މަޢުލޫމާތު

1

 

 

ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކަށް ދެވޭ މަޢުލޫމާތު:

ކުރަންޖެހޭ މަސައްކަތުގެ ތަފްސީލް

 

 

 

ކުރަންޖެހޭ މަސައްކަތް:

  • 14 މީހުންގެ ކޯޓް (ސޫޓް) ފެހުން (ހަމައެކަނި މަތީބައި) ފިރިހެން 06 ކޯޓް އަންހެން 08 ކޯޓް
  • ކޯޓް (ސޫޓް) ބޭނުންކުރާނެ މީހުންގެ ގައިން މިންނަގައިގެން ގަޔަށް ހެޔޮވަރަށް ކޯޓް ފަހައިދިނުން
  • ކޯޓް (ސޫޓް) ފަހަން ބޭނުންކުރަންވާނީ ރޫނުޖެހޭ ނުވަތަ ރޫޖެހުން ކުޑަ (ރިންކަލްފްރީ) ރަނގަޅު މޮޅު ފޮއްޗެވެ.
  • ކޯޓް (ސޫޓް) ފަހަން ބޭނުންކުރާ މެޓީރިއަލް އާއި ކުލަ ޕީ އެސް އެމްއަށް ހުށަހަޅައި އެޕްރޫވަލް ހޯދުން.

2

 

މިމަސައްކަތް ކޮށްދިނުމަށް އެދި ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް.

 

  • ކޯޓް(ސޫޓް) ފެހުމުގެ ދާއިރާގައި މަދުވެގެން 3 އަހަރުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން
  • މަސައްކަތް ކުރާނެ މީހުންގެ ވަނަވަރާއި ޢަމަލީ ތަޖްރިބާ ލިބިފައިވާކަން ސާބިތުކޮށްދޭ ލިޔުން ހުށަހަޅަންވާނެއެވެ. (ލިޔުން މާނަކޮށްފައިވަނީ ލިޔުމާއި ފޮޓޯ ހިމެނޭ ގޮތަށް)
  • މިކަމުގައި ޢަމަލީގޮތުން މަސައްކަތްކުރާނެ ފަރާތްތަކަށް ފެހުމުގެދާއިރާއިން ސަނަދެއް ނުވަތަ ސެޓްފިކެޓެއް ލިބިފައިވާނަމަ އެކަމުގެ ލިޔުން

           

      

3

 

އަންދާސީ ހިސާބުގައި ހިމަނަންޖެހޭ އަސާސީ މަޢުލޫމާތު:

ކުންފުންޏެއްނަމަ/ އަމިއްލަ ފަރުދެއްނަމަ،

  • މަސައްކަތުގެ ނުވަތަ ތަކެތީގެ އަގު: ދިވެހި ރުފިޔާއިން ތަފްސީލާއެކު
  • މުއްދަތު: މަސައްކަތް ނިންމާނެ މުއްދަތު ނުވަތަ ޑެލިވަރީގެ މުއްދަތު ބަޔާންކުރަންވާނެއެވެ.

ކުންފުންޏަކުން ހުށަހަޅާނަމަ:

  • ރަޖިސްޓްރޭޝަން ސެޓްފިކެޓް ކޮޕީ
  • ޖީ އެސް ޓީ ރަޖިސްޓްރޭޝަން ސެޓްފިކެޓް ކޮޕީ

އަމިއްލަ ފަރާތަކުން ހުށަހަޅާނަމަ:

  • އައި ޑީ ކާރޑް ކޮޕީ

ޓެކްސްއަށް ރަޖިސްޓްރީ ކޮށްފައިވާނަމަ ސެޓްފިކެޓްގެ ކޮޕީ، ނުކުރާނަމަ އެކަން އެގޭނެ ލިޔުމެއް

4

 

ޕްރޮޕޯސަލް ބާޠިލްވާނެ ޙާލަތްތައް

  • އަސާސީ މަޢުލޫމާތުގެ ގޮތުގައި ހުށަހަޅާންޖެހޭ މަޢުލޫމާތެއް ފުރިހަމަނުވުން
  • ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ފޮނުވުން.

5

 

މަސައްކަތްކޮށްދޭނެއަގު ހުށަހަޅާނެގޮތް:

  • އަގު ހުށަޅަންވާނީ ދިވެހި ރުފިޔާ އިންނެވެ.
  • ޖީއެސްޓީ ވަކިން އެގެންއޮންނަންވާނެއެވެ.

 

6

 

ޕޮއިންޓްދެވޭނެގޮތް:

  • ޖުމްލަ އަގު: 70 ޕޮއިންޓް
  • މުއްދަތު:   20 ޕޮއިންޓް
  • ތަޖުރިބާ: (ކޯޓްފެހުމުގެ)  10 ޕޮއިންޓް

 

7

 

ސުންގަޑި:

  • 20 ސެޕްޓެމްބަރ 2020 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިންނެވެ.

8

 

އިވެލުއޭޓްކުރެވޭނެގޮތް:

  • މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ޕްރޮޕޯސަލްތައް މިކުންފުނީގެ އިވެލުއޭޝަން ކޮމެޓީއަށް ފޮނުވައި އިވެލުއޭޓްކޮށް ، އެންމެ އެކަށީގެންވާ ފަރާތަކަށް މަސައްކަތް ޙަވާލުކުރެވޭނެއެވެ. އަދި މިމަސައްކަތް ހަވާލުކުރާ ފަރާތަށް އެމަސައްކަތް ނުކުރެވެއްޖެނަމަ 2 ވަނަ އަށް އެންމެ އެކަށީގެންވާ ފަރާތަކަށް މަސައްކަތް ހަވާލުކުރުމުގެ އިޚްތިޔާރު ޕީ އެސް އެމް އަށް ލިބިގެން ވެއެވެ.

9

 

މަސައްކަތް ޙަވާލުކުރުން

  • ޕްރޮޕޯސަލްތައް ކޮމެޓީން އިވެލުއޭޓްކޮށް އެންމެ މަތީމާކްސް ލިބޭ ފަރާތާ މަސައްކަތް ޙަވާލުކުރެވޭނީ ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

10

 

ޕްރޮޕޯސަލް ބަލައިގަންނާނީ ދެވިފައިވާ އީ މެއިލް މެދުވެރިކޮށެވެ.

 

                 26 މުޙައްރަމް 1442       

                 14 ސެޕްޓެމްބަރ 2020   

14 ސެޕްޓެންބަރު 2020
ހޯދާ