ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލަށް ސްޓޯރޭޖް ސިސްޓަމެއް ހޯދުމާއިބެހޭ

ހުޅުމާލެ ހޮސްޕިޓަލަށް ސްޓޯރޭޖް ސިސްޓަމެއް ހޯދުމާއިބެހޭ 

ނަމްބަރު:TENDER/HMH/2020/024

 

ހުޅުމާލެ ހޮސްޕިޓަލަށް ބޭނުން އައިޓީއާއި ގުޅުންހުރި ބައެއް ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ތިރީގައި މިވަނީ ބޭނުންވާ އައިޓަމްގެ ތަފްސީލެވެ.

ހޯދަން ބޭނުން ތަކެތީގެ ތަފްސީލް:

 

Quantity

UoM

Item

01

EA

Storage System

Below mentioned features are the requirement. Proposals without mentioning the specific details will be rejected.

Disk ARRAY: RAID 6

Disk Capacity: 12TB (Usable)

Connectivity: Direct Connect SFP

Speed: 10GBPS

 

އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް

  • މަތީގައި ދީފައިވާ މަޢުލޫމާތާއި އެއްގޮތްވާގޮތުގެމަތީން އައިޓަމްތަކަށް އަގު ހުށަހެޅުން.
  • އަގު ހުށަހަޅަންވާނީ ސްޓޯރޭޖް ސިސްޓަމްގެ ރިކުއަޔަމަންޓްގެ ގޮތުގައި ފާހަގަކޮށްފައިވާ ބައިތަށް (ފީޗާރސް) ހިމެނޭ ސިސްޓަމަކަށެވެ. މި ބައިތަށް (ފީޗާރސް) ނުހިމެނޭ ޕްރޮޕޯސަލްތަށް ބާތިލްވާނެއެވެ.
  • ބެކްއަޕް ސްޓޯރޭޖް ސަޕްލައިކޮށްދޭ ފަރާތުން މިތަކެތީގެ ސެޓްއަޕް / އިންސްޓޯލޭޝަން ހޮސްޕިޓަލުން ދައްކާ ތަނެއްގައި ހަދައިދޭންޖެހޭނެއެވެ.
  • ޕްރޮޕޯސަލް ހުށަހަޅުއްވާއިރު ހުށަހަޅާ ބްރޭންޑްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ ޝިޕް ލިޔުން ހުޅަހަޅާންވާނެއެވެ. މި ލިޔުން ހުށަހަޅާނާޅުއްވާ ފަރާތުގެ ޕްރޮޕޯސަލްތައް ބާތިލުވާނެއެވެ.

(ނޯޓް: މި ނިންމުމަކީ މިހާތަނަށް ހޮސްޕިޓަލަށް ބީލަން އުސޫލުން ގަނެފައިވާ ބައެއް ތަކެތީގެ ސާރވިސިން އަދި ސްޕެއަރ ހޯދުމުގައި ކުރިމަތިލާޖެހިފައިވާ ދަތިތަކާއި، އެކަމަށް ކުރަންޖެހިފައިވާ ޚަރަދު ބޮޑުވުމުގެ ސަބަބުން ހޮސްޕިޓަލުގެ މެނޭޖްމަންޓުން ނިންމާފައިވާ ނިންމުމެކެވެ.)

 

ހުށަހަޅަންޖެހޭ ތަކެތި

  • އަންދާސީ ހިސާބު
    • ސަޕްލައިކޮށްދެވޭނެ އަގު
    • ހުށަހަޅާފައިވާ އަންދާސީ ހިސާބު ބާތިލުވާ މުއްދަތު މަދުވެގެން 30 ދުވަސް ވާންވާނެއެވެ.
  • ކުންފުނީގެ މައުލޫމާތު
    • ކުންފުނީގެ ޕްރޮފައިލް (ފުރިހަމަ އެޑްރެސް، ފޯނު، ފެކްސް އަދި އީމެލް އެޑްރެސް ހިމަނަންވާނެއެވެ)
    • ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ
    • ޖީ އެސް ޓީ ރަޖިސްޓްރޭޝަން ކޮޕީ
  • ވޭތުވެދިޔަ ތިން މަސްދުވަހުގެ އޮރިޖިނަލް ބޭންކް ސްޓޭޓްމަން ( ބޭންކްގެ ތައްގަނޑު ޖަހާފައިވާ) ނުވަތަ  2018 ވަނަ އަހަރުގެ އޯޑިޓް ރިޕޯރޓް (އިންޑިޕެންޑެންޓް އޮޑިޓަރެއްގެ)ހުށަހަޅަން  ވާނެއެވެ. ބޭންކްތަކުން ދޫކުރާ ސްޓޭމްޕްޖެހި އޮންލައިން ބޭންކް ސްޓޭޓްމެންޓް ބަލައިގަނެވޭނެއެވެ.
  • މަސައްކަތުގެ  ތަޖްރިބާ ހުރިމިންވަރު ދެނެގަތުމަށް ލިޔުން ހުށަހެޅުން
    • ވޭތުވެދިޔަ 18 (އަށާރަ) މަސްދުވަހު މަސައްކަތާއި ގުޅުންހުރި (އައިޓީ އާއި ގުޅުންހުރި ތަކެތި ފޯރުކޮށްދިނުން) ގޮތުން ކޮށްފައިވާ މަސައްކަތް ނިންމި ކަމުގެ ލިޔުންތައް (އެމަސައްކަތް ކުރުވި ފަރާތުން ދީފައިވާ ލިޔުންތައް) ހުށަހެޅުން.
    • ތަޖުރިބާއަށް މާކސް ދިނުމުގައި ހުށަހަޅައިފައިވާ ލިޔުންތަކުގެ ސައްހަކަން ކަށަވަރު ކުރެވޭނެއެވެ. ސައްހަކަން ކަށަވަރުނުވާ ސިޓީތައް އެވެލުއޭޝަނުގައި ބައިވެރި ނުކުރެވޭނެއެވެ.

( މުހިއްމު ނޯޓް: އަގުތައް ނުހުންނަ ލިޔުންތައް ބަލައި ނުގަނެވޭއެވެ.)

 

އަގުހުށަހެޅުން

  • މިމަސައްކަތް ކުރަން ހުށަހަޅާ އަގާއި މުއްދަތަކީ މިފަދަ މަސައްކަތަކަށް އެކަށީގެންވާ އަގުތަކެއް ކަމުގައިބަލާނީ މާރކެޓް ރޭޓްތަކަށް ބަލައި ހޮސްޕިޓަލުގެ ޓެކްނިކަލް ޓީމްއިން ހަދާ ސާރވޭގެ މައްޗަށެވެ.
  • ހުށަހަޅާ އަގުތަކާއި މުއްދަތަކީ މިފަދަ މަސައްކަތެއް ކުރުމަށް އެކަށީގެންނުވާ އަގުތަކާއި މުއްދަތެއްނަމަ އެފަދަ ޕްރޮޕޯސަލްތައް ގަބޫލުނުކުރެވޭނެއެވެ. އަދި އެކަން އެފަރާތައް ތަފްސީލާއި އެކު އެންގޭނެއެވެ.
  • އަގު ހުށަހަޅަންވާނީ ޖީ.އެސް.ޓީ ހިމަނައިގެންނެވެ. ޖީއެސްޓީއާއި ނުލައި ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.

 

އިވެލުއެޝަން ގައިޑްލައިން

ބިޑަށް މާކްސް ދެވޭނީ ޕްރޯރާޓާގެ އުސޫލުންނެއެވެ.

 

މަސައްކަތުގެ އަގު

އަގަށް މާކްސްދެވޭނީ އެންމެ ކުޑައަގެއް (ޖުމުލަ އަގު) ހުށަހަޅާފަރާތްތަކަށް ގިނަމާކްސް ލިބޭގޮތަށެވެ. އަދި އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަކަށް،އެންމެ  ކުޑަ އަގު ހުށަހެޅި ފަރާތުގެ އަގަށް ބަލައި ނިސްބަތުން މަދުން މާކްސް ދެވޭ، ޕްރޯރާޓާގެ އުސޫލުންނެވެ.

 

މަސައްކަތުގެ ތަޖުރިބާ

މިބަޔަށް މާރކްސް ދެވޭނީ ހުށަހަޅާ ލިޔުންތަކުގައި ބަޔާންކޮށްފައިވާ މަސައްކަތުގެ އަގަށް ބިނާކޮށް ތިރީގައި މިދަންނަވާ ގޮތުގެ މަތީންނެވެ.

މަސައްކަތުގެ އަގު

ޕޮއިންޓް

20,000 އަށް ވުރެން ދަށް

2

20,001 އާއި 40,000 ދެމެދު

4

40,001 އާއި 70,000 ދެމެދު

8

70,001 އަށް ވުރެ މަތި

10

 

އެވޯޑް ކުރުން

މިމަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވުމަށް ހަމަޖެހިފައިވަނީ ތިރީގައި މިވާ އުސޫލުން މުޅި ޕްރޮޕޯސަލް ދިރާސާކުރުމަށްފަހު އެންމެ އެކަށީގެންވާ ފަރާތެއްކަމަށް ނިންމޭ ފަރާތަކަށެވެ.

1

އަގު

70 ޕޮއިންޓް

2

ތަޖްރިބާ

10 ޕޮއިންޓް

3

މުއްދަތު

20 ޕޮއިންޓް

 

މަސައްކަތް އެވޯޑްކުރަން ބިޑްއިވެލުއޭޝަން ކޮމެޓީން ނިންމައި އެކަން ކޮންޓްރެކްޓަރަށް އެންގުމުން އެކަން ކުރެވެން ނެތްކަމަށްބުނުން ނުވަތަ އެގްރީމެންޓްގައި ސޮއިކުރަން ނައުން ނުވަތަ މަސައްކަތުން ބައެއް ނިންމާފައި މަސައްކަތް ދޫކޮށްލުން ނުވަތަ މަސައްކަތް ނުނިމި ލަސްވާތީ އެގްރީމެންޓް ބާތިލްކުރަންޖެހުންފަދަ ކަމެއް ކުރިމަތިކުރުވާ ކޮންޓްރެކްޓަރުންނަށް، ހަމަހާއި އެއްއަހަރާއި ދެމެދު މުއްދަތަކަށް މަސައްކަތް ޙަވާލުނުކުރުމުގެ އިޚްތިޔާރު މިހޮސްޕިޓަލަށް ލިބިގެންވެއެވެ.

 

އަންދާސީ ހިސާބު ހުށަހަޅާނެގޮތް

  ސީލް ކުރެވިފައިވާ ސިޓީ އުރައެއްގައި ތިރީގައި މި ދަންނަވާ ފޯމެޓްގައި.

BID REFERENCE: TENDER/HMH/2020/024
Hulhumalé’ Hospital
Huvandhumaa Hingun, Hulhumalé
+960 3350113

ބީލަން ހުށަހެޅުން

ވީމާ މިތަކެތި ސަޕްލައިކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 21 ސެޕްޓެމްބަރ 2020 ވާ ހޯމަ ދުވަހުގެ މެންދުރު 10:00 ގައި ހުޅުމާލެ ހޮސްޕިޓަލުގެ މީޓިންގް ރޫމަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

 ނޯޓު:

މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3350113 / 3350111 އަށް ނުވަތަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.

14 ސެޕްޓެމްބަރ 2020

14 ސެޕްޓެންބަރު 2020
ހޯދާ