ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލްގެ 6 ބުރި އިމާރާތުގެ 4 ވަނަ ފަންގިފިލާ އަދި 1 ވަނަ ފަންގިފިލާގެ ފާރުތައް ތަޅައި ތަންސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ހުޅުމާލެ ހޮސްޕިޓަލްގެ 6 ބުރި އިމާރާތުގެ 4 ވަނަ ފަންގިފިލާ އަދި 1 ވަނަ ފަންގިފިލާގެ ފާރުތައް ތަޅައި ތަންސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

 ނަންބަރު: TENDER/HMH/2020/023

ހުޅުމާލެ ހޮސްޕިޓަލުންދޭ މަޢުލޫމާތާއި އެއްގޮތަށް ހޮސްޕިޓަލުގެ 06 ބުރި އިމާރާތުގެ  4 ވަނަ ފަންގިފިލާ އަދި 1 ވަނަ ފަންގިފިލާގެ ފާރުތައް ތަޅައި ތަންސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް  ހޯދަން ބޭނުންވެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ސެޕްޓެމްބަރު 2020ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، އީމެއިލްގެ މެދުވެރިކޮށް ރެޖިސްޓަރ ކުރެއްވުން އެދެމެވެ.

ރެޖިސްޓްރޭޝަން

ބީލަމުގައި ބައިވެރިވުމަށް، މިއިޢުލާނާއެކު އެޓޭޗްކުރެވިފައިވާ "ބީލަން ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް 17 ސެޕްޓެމްބަރު 2020 ވާ ބުރާސްފަތި ދުވަހުގެ14:00 ގެ ކުރިން [email protected]  އަށް މެއިލް ކުރައްވަން ވާނެއެވެ.

މައުލޫމާތު ދިނުން:

މިމަސައްކަތާއިގުޅޭ މަޢުލޫމާތު ކަރުދާހާއި ކުރެހުންތައް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

ބިޑުގައި ބައިވެރިވާ ފަރާތްތަކަށް ސައިޓް ދައްކައި ސާވޭ ކުރުމުގެ ފުރުސަތު ދިނުމަށްޓަކައި ބޭއްވޭ ޕްރީބިޑް ބއްދަލުވުން 19 ސެޕްޓެމްބަރު 2020 ވާ ހޮނިހިރު ދުވަހުގެ 14:00ގައި ހޮސްޕިޓަލުގެ މީޓިންގް ރޫމުގައި އޮންނާނެއެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 22 ސެޕްޓެމްބަރު 2020 ވާ އަންގާރަ ދުވަހުގެ 14:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުން:

23 ސެޕްޓެމްބަރ 2020  ވަނަ ދުވަހުގެ ހެނދުނު 10:00ގައި ބިޑު ހުށަހެޅުން ހުޅުމާލެ ހޮސްޕިޓަލް ގެ މީޓިންގ ރޫމުގައި އޮންނާނެއެވެ.

އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ:

ފޯން: 3350111 / 3350113

އީ-މެއިލް: [email protected]

14 ސެޕްޓެމްބަރ 2020

ހުޅުމާލެ ހޮސްޕިޓަލް، ހުޅުމާލެ، ހުވަނދުމާ ހިނގުން، ދިވެހިރާއްޖެ

އީ-މެއިލް: [email protected]   ވެބްސައިޓް: www.hmh.gov.mv   ފޯން: +960 3350147 /+960 3350111

14 ސެޕްޓެންބަރު 2020
ހޯދާ