މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ކޮވިޑް-19 އާ ގުޅިގެން އާމްދަނީ އަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ފޯރުކޮށްދިނުމުގެ މަސައްކަތުގައި ޙަރަކާތްތެރިވުމަށް ސަޕޯޓް ސްޓާފުން ހޯދުމަށް

(IUL)101-AF/1/2020/148 :ނަންބަރު

އިޢުލާން

ކޮވިޑް-19 އާ ގުޅިގެން އާމްދަނީ އަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ފޯރުކޮށްދިނުމުގެ މަސައްކަތުގައި ޙަރަކާތްތެރިވުމަށް ސަޕޯޓްސްޓާފުން ހޯދުމަށް

 

ދިވެހިސަރުކާރުން ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ދިނުމާ ގުޅޭގޮތުން ގެޒެޓްކޮށްފައިވާ އުސޫލަށް ގެނެވިފައިވާ ފުރަތަމަ އިސްލާހަށް (ވޮލިއުމް 49، އަދަދު 156) ހަވާލާދީ ދަންނަވަމެވެ.

މި އުސޫލުގެ ދަށުން އެލަވަންސް ދިނުމަށް ހަމަޖެހިފައިވާ މުއްދަތުގައި (ޖުލައި، އޯގަސްޓް އަދި ސެޕްޓެމްބަރ 2020) މި މިނިސްޓްރީގެ ފަރާތުން އިންކަމް ސަޕޯޓް އެލަވަންސް އާ ގުޅޭގޮތުން ކުރިއަށް ގެންދާ އިދާރީ މަސައްކަތަށް އެހީތެރިވުމަށް ވޮލަންޓިއަރުން ބޭނުންވެއެވެ. އެގޮތުން ވޮލަންޓިއަރުންގެ ގޮތުގައި ޖުމްލަ 15 ފަރާތެއް ނެގުމަށް ހަމަޖެހިފައިވާއިރު، މި ފަރާތްތަކަށް މަސައްކަތް ހަވާލުކުރެވިގެންދާނީ ދެ ޓީމަކަށް ބަހާލެވިގެންނެވެ. އެގޮތުން، މަސައްކަތް ބަހާލެވިގެންދާނެ ގޮތުގެ ތަފްޞީލާއި މަސައްކަތުގެ ޝަރުތުތަކާއި އަދި މަސްއޫލިއްޔަތުތައް ތިރީގައި އެވަނީއެވެ.

 

  1. 1.     ކޯލް ސެންޓަރ ޓީމް

ޝަރުތު:

 

-        އުމުރުން 18 އަހަރު ފުރިފައިވާ ފަރާތެއް ކަމުގައިވުން.

-        ދިވެހިބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގުން.

-        ކޮމްޕިއުޓަރ އަދި އިންޓަރނެޓްގެ ވަސީލަތްތަކަށް އަހުލުވެރި އަދި އެ ވަސީލަތްތައް ފަރިތަކަމާއެކު ބޭނުންކުރަން އެނގޭ ފަރާތެއްކަމުގައިވުން.

-        މަސައްކަތަށާއި ވަގުތަށް ފަރުވާ ބަހައްޓައިގެން މަސައްކަތްކުރެވޭ ފަރާތެއްކަމުގައިވުން.

(ނޯޓް: ވޮލަންޓިއަރުން އިޚްތިޔާރުކުރުމުގައި އިދާރީ މަސައްކަތްކުރުމުގެ ތަޖުރިބާ ހުރި ފަރާތްތަކަށާއި ކޮވިޑް-19 ގެ ސަބަބުން ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.)  

މައިގަނޑު މަސްއޫލިއްޔަތުތައް:

-        އިންކަމް ސަޕޯޓް އެލަވަންސް އާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ މަޢުލޫމާތު ފުރިހަމަކަމާއިއެކު ފޯރުކޮށްދިނުން.

-        އިންކަމް ސަޕޯޓް އެލަވަންސަށް އެދި ހުށަހަޅުމަށް ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް ފޯމް ހުށަހަޅާނެ ގޮތުގެ އިރުޝާދު ދިނުމާއި ފޯމް ހުށަހެޅުމުގައި ދިމާވާ އެކިއެކި ދަތިތަކުގައި އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.

-        އިންކަމް ސަޕޯޓް އެލަވަންސް އަށް ހުށަހަޅާފައިވާ ފަރާތްތަކަށް އެފަރާތްތަކުގެ ކޭސްއާއި ގުޅޭގޮތުން އަޕްޑޭޓް ފޯރުކޮށްދިނުން.

-        އެލަވަންސްއަށް އެދޭ ފަރާތްތަކުގެ ކޭސްއާއި ގުޅިގެން ޝަކުވާއެއް ހުށަހަޅަން އެދޭނަމަ ޖޮބް ސެންޓަރ މެދުވެރިކޮށް އޮންލައިންކޮށް ހުށަހެޅުމަށް އެފަރާތްތަކަށް އިރުޝާދު ދިނުން.

-        ދުވަހުން ދުވަހަށް ހަވާލުކުރެވޭ މަސައްކަތްތައް ފަރުވާތެރިކަމާއިއެކު ނިންމުމާއި ހަވާލުވެ ހުންނަ ސުޕަވައިޒަރ އަށް ރިޕޯޓްކުރުން.

-        އިންކަމް ސަޕޯޓް އެލަވަންސް އަށް ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުމާއި، އެ މަޢުލޫމާތުތައް ރައްކާތެރިކަމާއި އަމާނާންތެރިކަމާއެކު ބެލެހެއްޓުން.

އެލަވަންސް:

-        މަހަކު 7,000/- ރުފިޔާ

 

  1. 2.    ޑޮކިއުމެންޓޭޝަން ޓީމް

ޝަރުތު:

 

-        އުމުރުން 18 އަހަރު ފުރިފައިވާ ފަރާތެއް ކަމުގައިވުން.

-        ދިވެހިބަހުންނާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގުން.

-        ކޮމްޕިއުޓަރ އަދި އިންޓަރނެޓްގެ ވަސީލަތްތަކަށް އަހުލުވެރި އަދި އެ ވަސީލަތްތައް ފަރިތަކަމާއެކު ބޭނުންކުރަން އެނގޭ ފަރާތެއްކަމުގައިވުން.

-        ދިވެހިބަހުންނާއި އިނގިރޭސިބަހުން ފަރިތަކަމާއިއެކު ޓައިޕްކުރަން އެނގޭ ފަރާތެއްކަމުގައިވުން.

-        މަސައްކަތަށާއި ވަގުތަށް ފަރުވާ ބަހައްޓައިގެން މަސައްކަތްކުރެވޭ ފަރާތެއްކަމުގައިވުން.

(ނޯޓް: ވޮލަންޓިއަރުން އިޚްތިޔާރުކުރުމުގައި އިދާރީ މަސައްކަތްކުރުމުގެ ތަޖުރިބާ ހުރި ފަރާތްތަކަށާއި ކޮވިޑް-19 ގެ ސަބަބުން ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.)  

މައިގަނޑު މަސްއޫލިއްޔަތުތައް:

-        އޮންލައިންކޮށް ފުރިހަމަކޮށްފައިވާ ފޯމުގައި ހުރިހާ މަޢުލޫމާތުތަކެއް ފުރިހަމަ ކޮށްފައިވޭތޯ ބެލުމާއި މަޢުލޫމާތު މަދުނަމަ އެ މަޢުލޫމާތެއް ހޯދުމާއި އަދި އެލަވަންސް އަށް އެދޭ ފަރާތްތަކުގެ މުހިއްމު މަޢުލޫމާތުތައް ކަށަވަރުކުރުން. (މިސާލަކަށް: އެލަވަންސް ޖަމާކުރުމަށް ބޭނުންވާ ބޭންކް އެކައުންޓް ތަފްޞީލުތައް ކަށަވަރުކުރުން)

-        އެލަވަންސް އަށް އެދުމަށް ހުށަހަޅާފައިވާ މަސްތަކުގައި ކޮންމެ މަހަކަށް ވަކިވަކީން އޮންލައިން އެޕްލިކޭޝަން ހުށަހެޅުމަށް އެފަރާތްތަކަށް ފޯނުން އަދި އީމެއިލްގެ ޒަރީޢާއިން ހަނދުމަކޮށްދިނުން.

-        ދުވަހުން ދުވަހަށް ހަވާލުކުރެވޭ މަސައްކަތްތައް ފަރުވާތެރިކަމާއިއެކު ނިންމުމާއި ހަވާލުވެ ހުންނަ ސުޕަވައިޒަރ އަށް ރިޕޯޓްކުރުން.

-        އިންކަމް ސަޕޯޓް އެލަވަންސް އަށް ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުމާއި، އެ މަޢުލޫމާތުތައް ރައްކާތެރިކަމާއި އަމާނާންތެރިކަމާއެކު ބެލެހެއްޓުން.

އެލަވަންސް:

-        މަހަކު 7,000/- ރުފިޔާ

 

އިންކަމް ސަޕޯޓް އެލަވަންސް ގެ މަސައްކަތަށް ވޮލަންޓިއަރ ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިއުލާނު ގެޒެޓުކުރެވޭތާ 5 ދުވަސް ތެރޭގައި މި އިއުލާނާއެކު އެޓޭޗް ކުރެވިފައިވާ 'ސަޕޯޓް ސްޓާފް އިންފޮމޭޝަން ފޯމް' ފުރިހަމަ ކުރެއްވުމަށްފަހު، ތިރީގައިވާ ލިޔެކިޔުންތަކާއެކު އީމެއިލް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަންވީ ލިޔެކިޔުންތައް: މަޢުލޫމާތު ފޯމް، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ވަނަވަރު، ތަޢުލީމާއި ތަމްރީނުގެ ސެޓްފިކެޓްތަކުގެ ކޮޕީ (ސަނަދުތަކުގެ ކޮޕީ އަސްލާއެއްގޮތްކަމުގެ ތައްގަނޑުޖަހާފައި) އަދި ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ.

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3323668 އަށެވެ. ނުވަތަ [email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ.

 

 

14 ސެޕްޓެންބަރު 2020
ހޯދާ