ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުތަކުގައި ބެހެއްޓިފައި ހުންނަ ތަކެތި ނެގުމާއި ގުޅޭ

"އާންމު އުނދަގުލާބެހޭ ޤަވާއިދު" އާ ޚިލާފަށް ރަށުގެ ބައެއް މަގުތަކުގައި ތަކެތި ބަހައްޓާފައި ހުރިކަން ކައުންސިލަށް ވަނީ ފާހަގަ ކުރެވިފައެވެ. އަދި ހިނގާ މީހުންނަށާއި ދުއްވާތަކެއްޗަށް އުނދަގުވާ ގޮތައް މަގުމަތީގައި ތަކެތި ބަހައްޓާފައި ހުންނަކަމުގެ ޝަކުވާ ކައުންސިލަށް ދަނީ ލިބެމުންނެވެ. އަދި ހަމައެހެންމެ މަގުގެ ސަރަހައްދަކަށް ވެލިއަޅާ އުސްކޮށް ބަހައްޓާކަންވެސް ކައުންސިލަށް ވަނީ ފާހަގަ ކުރެވިފައެވެ. މި ކަންކަމަކީ މަގު ބޭނުން ކުރާ މީހުންނަށް މިކަމުގެ ސަބަބުން އުނދަގު ފޯރާނެކަމަކަށްވެފައި "އާންމު އުނދަގުލާ ބެހޭ ޤަވާއިދު" އާ ޚިލާފް ކަންކަންކަމުގައި ހުރިހާ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ވީމާ މިއަދުން ފެށިގެން 05 ދުވަހުގެ ތެރޭގައި ކައުންސިލްގެ ހުއްދަ ނުހޯދާ މަގުތަކުގައި ބެހެއްޓިފައި ހުރިތަކެތި ނެގުމަށް ދަންނަވަމެވެ. އަދި ކައުންސިލްގެ ހުއްދަނެތި އެއްވެސް މަގެއްގެ މައްޗަށް ފަސް ނޭޅުން އެދެމެވެ.

 

           މިހެންވެ މިކަން އާންމުކޮށް އަންގާ ޢިއުލާން ކުރީމެވެ.

13 ސެޕްޓެންބަރު 2020
ހޯދާ