ދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ދ. މާއެނބޫދޫ ސިއްޙީމަރުކަޒުން ލެބޯޓްރީ ޓެސްޓް ހެދުމަށް ބޭނުންވާ ސާމްޕަލްތައް ދ.އަތޮޅުހޮސްޕިޓަލަށް އުފުލުމުގެ ދަތުރު ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާނު

ދ. މާއެނބޫދޫ ސިއްޙީމަރުކަޒުން ލެބޯޓްރީ ޓެސްޓް ހެދުމަށް ބޭނުންވާ ސާމްޕަލްތައް ދ.އަތޮޅުހޮސްޕިޓަލަށް އުފުލުމުގެ ދަތުރު ކޮށްދޭނެ ފަރާތެއް ހޯދުން

 

ދ. މާއެނބޫދޫ ސިއްޙީމަރުކަޒުން ލެބޯޓްރީ ޓެސްޓް ހެދުމަށް ބޭނުންވާ ސާމްޕަލްތައް ދ.އަތޮޅުހޮސްޕިޓަލަށް އުފުލުމުގެ ދަތުރު ކޮށްދޭނެ ފަރާތެއް ކޮންޓްރެކްޓް އުޞޫލުން 6 (ހައެއް) މަސް ދުވަހުގެ މުއްދަތަށް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި ދެންނެވި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚުތަކުގައި ހޮސްޕިޓަލް މީޓިންގ ރޫމަށް ނުވަތަ ދ.މާއެނބޫދޫ ޞިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ.

މައުލޫމާތު ސާފުކުރުން

ޕްރޮޕޯސަލް ހުށަހެޅުން

23 ސެޕްޓެމްބަރ 2020 ވާ ބުދަ ދުވަހުގެ 10:00 އަށް

27 ސެޕްޓެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ 10:00 އަށް

 

މަޢުލޫމާތު ސާފުކުރުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6760500 ނުވަތަ 6760087 އަށް ގުޅުއްވުން އެދެމެވެ

 

     13 ސެޕްޓެމްބަރ 2020

13 ސެޕްޓެންބަރު 2020
ހޯދާ