ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށްކޮޅު ގޯތި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

ކުޅުދުއްފުށީ ރައްޔަތުންގެ އިމާރާތެއްކަމަށްވާ ރަށްކޮޅު ގޯތި އިމާރާތް އަމިއްލަތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިމަސައްކަތަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

      އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 13 ސެޕްޓެމްބަރ 2020 (އާދީއްތަ) ދުވަހުން ފެށިގެން 17 ސެޕްޓެމްބަރ 2020 (ބުރާސްފަތި) ދުވަހުގެ 09:00 ން 13:00 އާއި ދެމެދު މިއިދާރާއަށް ވަޑައިގެން ރަޖިސްޓަރީ ކުރެއްވުން އެދެމެވެ. އަދި ދެންނެވިފައިވާ ގަޑީގައި މި އިދާރާގެ ނަންބަރ 6528831 އާއި ގުޅުއްވައިގެން ރަޖިސްޓަރީ ކުރެވޭނެ ކަމުގައި ދަންނަވަމެވެ.

  • މަޢުލޫމާތު ދިނުން 20 ސެޕްޓެމްބަރ 2020 ވާ (އާދީއްތަ) ދުވަހުގެ 13:00 ގައި
  • އަންދާސީ ހިސާބު ހުށަހެޅުން 24 ސެޕްޓެމްބަރ 2020 ވާ (ބުރާސްފަތި) ދުވަހުގެ 13:00

 މަޢުލޫމާތު ދިނުން އޮންލައިންކޮށް ޒޫމް އެޕްލިކޭޝަން މެދުވެރިކޮށް، އަދި އޮންލައިންކޮށް ބައިވެރިވެނުލެއްވޭ ފަރާތްތަކަށް ކައުންސިލް އިދާރާގައި ކަނޑައެޅިފައިވާ ގަޑީގައި ކުރިއަށް ގެންދެވޭނެއެވެ. އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ ކުޅުދުއްފުށި ކައުންސިލް އިދާރާގައެވެ. މަޢުލޫމާތު ޝެޝަންގައި ބައިވެރި ވެލެއްވޭނީ ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ. މާއުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު އެރުވެން ނޯންނާނެވާހަކަ ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައިވާ ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

13 ސެޕްޓެންބަރު 2020
ހޯދާ