އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

އިޢުލާން

މިހާރު އެކުލަވާލެވިފައިވާ ފަޤީރުންނާއި މިސްކީނުންގެ ލިސްޓްގައި ހިމެނުމަށް އެދި 2020 ގައި ހުޅުވާލި ފުރުސަތުގައި އައްޑޫސިޓީގެ މީދޫ އަދި ހުޅުދޫ އަވަށުން ހުށަހަޅުއްވާފައިވާ ފަރާތްތައް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިވެލުއޭޓް ކުރެއްވުމަށްފަހު އެކުލަވާލެއްވި ޝަރުތު ހަމަނުވާ ފަރާތްތަކުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 13 ސެޕްޓެންބަރ 2020 އިން 15 ސެޕްޓެންބަރ 2020 ދުވަހުގެ މެންދުރު 12.00އާ ހަމައަށް ހުޅުވާލަމެވެ. ފަޤީރުންނާއި މިސްކީނުންގެ ލިސްޓްގައި ހިމެނުމަށް ޝަރުތު ހަމަނުވާކަމަށް ފާހަގަކުރައްވާފައިވާ ފަރާތްތައް އެއަވަށެއްގެ އަވަށުއޮފީހުން އެނގެން ހުންނާނެއެވެ.                                                                                

ވީމާ، އެބޭފުޅަކު ފޯމް ހުށަހެޅުއްވި އަވަށެއްގެ އަވަށުއޮފީހަށް ވަޑައިގެން ފަޤީރުންނާއި މިސްކީނުންގެ ލިސްޓްގައި ހިމެނިފައިނުވާނަމަ ކަނޑައެޅިފައިވާ މުއްދަތުގައި ސިޓީއަކުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. ކަނޑައެޅިފައިވާ މުއްދަތުގެ ފަހުން ހުށަހަޅުއްވާ ޝަކުވާގެ ސިޓީއަށް ޢަމަލުކުރެވެން ނޯންނާނެވާހަކަވެސް ދެންނެވީމެވެ.

25  މުޙައްރަމް  1442

13 ސެޕްޓެންބަރު 2020
ހޯދާ