މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކގެ 2019 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ނޯޓިސް

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ ގެ 2019 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާއަށް ކުންފުނީގެ އެންމެހާ ޙިއްޞާދާރުންނަށް ދަޢުވަތު އަރުވަމެވެ. 2019 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ ގެ އޮންލައިން ވެބް އެޕްލިކޭޝަން "ފަހިވޯޓް" މެދުކޮށް 27 ސެޕްޓެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ ހަވީރު 16:00 ގައެވެ.

 

2019 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި ބައިވެރިވެވޭނެ ފަރާތްތައް:

2019 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި ބައިވެރިވެވަޑައިގަނެވޭނީ 10 ސެޕްޓެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް މިކުންފުނީގެ ޙިއްޞާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މިކަން ޙިއްޞާދާރުންގެ މައުލޫމާތަށްޓަކައި 31 އޮގަސްޓް 2020 ގައި ވާނީ ނަންބަރ: MTCC-CS/IU/2020/0155 އިޢުލާނުން ޢާންމުކޮށް އަންގާ އިޢުލާންކޮށްފައެވެ.

 

ޖަލްސާގެ އެޖެންޑާ:

  • ކީރިތި ޤުރުއާނުގެ ބަރަކާތުން ޖަލްސާ ފެށުން
  • 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
  • 2019 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯރޓް ހުށަހަޅާ ފާސްކުރުން
  • 2019 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ ކުންފުނީގެ ބެލެންސް ޝީޓާއި، ފައިދާ އާއި ގެއްލުމުގެ ހިސާބު ހުށަހަޅާ ފާސްކުރުން
  • 2019 ވަނަ އަހަރަށް ޙިއްޞާދާރުންނަށް ބަހާނެ ފައިދާއާއި ގުޅޭގޮތުން ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ ހުށަހެޅުމާމެދު ގޮތެއް ނިންމާ ފާސްކުރުން
  • 2020 ވަނަ އަހަރަށް ކުންފުނީގެ އޮޑިޓަރުން ހޮވާ، އެފަރާތުގެ އުޖޫރަ ކަނޑައެޅުން
  • ކުންފުނީގެ ހިންގާ ޤަވާއިދަށް ހުށަހަޅާފައިވާ އިސްލާހުތައް ފާސްކުރުމާއި ބެހޭ ހާއްސަ ޤަރާރު ފާސްކުރުން
  • ކުންފުނީގެ ޑިރެކްޓަރުންގެ ފީ އަށް ބަދަލުގެނައުން
  • ކުރިއަށް އޮތް ދައުރަށް ޑިރެކްޓަރުން އައްޔަންކުރުމާއި އިންތިޚާބުކުރުން
  • ޙިއްސާދާރުން ހުށަހަޅުއްވާފައިވާ ސުވާލުތަކަށް ޑިރެކްޓަރުންގެ ބޯޑުން ޖަވާބު ދެއްވުން
  • ޖަލްސާ ނިންމުން

ޖަލްސާއަށް ރެޖިސްޓަރ ކުރުން:

ކުންފުނީގެ މިއަހަރުގެ އަހަރީ ޢާންމު ޖަލްސާ ބާއްވަނީ އޮންލައިން ވަޞީލަތެއް މެދުވެރިކޮށް ކަމުގައި ވުމުން، ބައިވެރިވެލައްވަން ބޭނުންފުޅުވާ އެންމެހާ ޙިއްސާދާރުން 25 ސެޕްޓެމްބަރ 2020 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވަން ރަޖިސްޓަރ ކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ.

އެމްޓީސީސީގެ 2019 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ޙިއްސާދާރުން މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮޒިޓަރީގެ އިންފިނިޓީ ޕޯރޓަލް (www.infinity.mv) މެދުވެރިކޮށް ނުވަތަ އެޕްލިކޭޝަން ފޯމް [email protected] އަށް އީމެއިލް ކުރައްވައިގެން ރަޖިސްޓަރ ކުރެއްވިދާނެއެވެ.

އިންފިނިޓީ މެދުވެރިކޮށް ރަޖިސްޓަރ ކުރެވޭނެ ގޮތުގެ ވީޑިއޯ އެއް މިކުންފުނީގެ ވެބްސައިޓުގައި ޝާޢިއުކުރެވިފައިވާނެއެވެ. އަދި އަހަރީ ޢާންމު ޖަލްސާގެ ނޯޓިސް އަދި ޖަލްސާއާއި ގުޅޭ ފޯމުތައް ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.

ލިންކު: https://mtcc.mv/annual-general-meeting/2019/

 

       ވީމާ، މިކަން ކުންފުނީގެ އެންމެހާ ޙިއްޞާދާރުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

13 ސެޕްޓެންބަރު 2020
ހޯދާ