މޯލްޑިވްސް ޕޫލް - ބިލިޔާޑް އެސޯސިއޭޝަން
ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ

ޢިއުލާން ނަންބަރު:MPBA/2020/049

ތާރީހް: 12 ސެޕްޓެމްބަރ 2020

 

އިޢުލާން

 

އަންދާސީހިސާބު ބޭނުންވެއްޖެ

 

މޯލްޑިވްސް ޕޫލް ބިލިއަޑު އެސޯސިއޭޝަންއަށް 05 ބިލިއަޑު މޭޒު އެސަސަރީސްތަކާއި އެކު ސަޕްލައިކޮށް ރާވާދޭނެ ފަރާތެއް ހޯދުމަށް 03 ސެޕްޓެމްބަރ 2020 ގައި ކުރެވުނު ނަންބަރު MPBA/2020/046  އިޢުލާނުގެ މަޢުލޫމާތު ކަރުދާސްއަށް ބަދަލުގެންނަންބޭނުންވާތީ، އެއިޢުލާން ބާތިލްކޮށް އަލުން ބީލަން ހުޅުވާލަމެވެ.

 

މިގޮތުން މޯލްޑިވްސް ޕޫލް ބިލިއަޑް އެސޯސިއޭޝަންއަށް ވިރާކާ ޑައިނަސްޓީ ޑަބްލިއު 9 ބީ.ސީ ބްރޭންޑުގެ 12 ބިލިއަޑު މޭޒު އެސަސަރީސަތަކާއެކު ސަޕްލައިކޮށް މޭޒުތައް ރާވައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް މިތަކެއްޗަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

 

ޕޮރޮޖެކްޓް ނަންބަރު

ޕޮރޮޖެކްޓް ނަން

002/2020

ވިރާކާ ޑައިނަސްޓީ ޑަބްލިއު 9 ބީ.ސީ ބްރޭންޑުގެ 12 ބިލިއަޑު މޭޒު އެސަސަރީސްތަކާއިއެކު ސަޕްލައިކޮށް މޭޒުތައް ރާވައިދިނުން

 

ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. މިތަކެއްޗާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 19 ސެޕްޓެމްބަރ 2020 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ.

 

ބީލަން ހުޅުވުން އޮންނާނީ 20 ސެޕްޓެމްބަރ 2020 ވާ އާދީއްތަ ދުވަހު 13:00 ގައި މޯލްޑިވްސް ޕޫލް ބިލިއަޑް އެސޯސިއޭޝަން، ގަލޮޅު ޔޫތު އެކްޓިވިޓީ ސެންޓަރ ގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕޮރޮޖެކްޓް ނަންބަރު، ހުޅުވަން ކަނޑައެޅިފައިވާ ތާރީހާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

 

                  24 މުޙައްރަމް 1442

                  12 ސެޕްޓެމްބަރ 2020

 

12 ސެޕްޓެންބަރު 2020
ހޯދާ