މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
Thai International Postgraduate Program 2020 (Application deadline Extended)

Thai International Postgraduate Program 2020

(Application deadline Extended)

 

   މި މިނިސްޓްރީގެ ނަންބަރު (IUL)475-Schol/475/2020/118 12 އޮގަސްޓް 2020 އިޢުލާނާއި ހަވާލާދީ ދަންނަވަމަވެ.

   ތައި އިންޓަރނޭޝަނަލް ޕޯސްޓްގްރެޖުއޭޓް ޕްރޮގްރާމް 2020 އަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުންގެ ތެރެއިން IELTS / TOEFL ސެޓްފިކެޓްގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކުން  IELTS/ TOEFL މުއްދަތު ހަމަވެފައިވާ ސެޓްފިކެޓް ހުށަހެޅުން އެންމެ ރަނގަޅުކަމުގައި ބަޔާންކޮށްފައިވާ ޔުނިވަރސިޓީގެ "ނޯ އޮބްޖެކްޝަން" ސިޓީ/އީމެއިލްއެއް ނުވަތަ ކުރިމަތިލާ ކޯހަށް  IELTS/ TOEFL ސެޓްފިކެޓް ބޭނުންނުވާކަމަށް ބަޔާންކޮށްފައިވާ ޔުނިވަރސިޓީގެ "ނޯ އޮބްޖެކްޝަން" ސިޓީ/އީމެއިލް އާއިއެކު އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު އޮތް ކަމަށް ކަމާބެހޭ ފަރާތުން ވަނީ އަންގަފާވައެވެ. އެހެންކަމުން، ޙަވާލާދީފައިވާ އިޢުލާންގެ ސުންގަޑި17 ސެޕްޓެމްބަރ 2020ގެ 13:30 ގެ ނިޔަލަށް މިހާރުވަނީ އިތުރު ކުރެވިފައެވެ.

   ވީމާ، ޙަވާލާދީފައިވާ ޢިއުލާންގައި ބަޔާންކޮށްފައިވާ ލިޔުންތަކާއި، ޔުނިވަރސިޓީގެ "ނޯ އޮބްޖެކްޝަން" ސިޓީ/އީމެއިލާއެކު މައިއެޑިއު ޕޯޓަލް https://myedu.egov.mv މެދުވެރިކޮށް  17 ސެޕްޓެމްބަރ 2020 13:30 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ.

10 ސެޕްޓެންބަރު 2020
ހޯދާ