މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - ޗީފް އޮފިސަރ

އިޢުލާން

 

"މަހާ ޖައްރާފު"ގެ މުވައްޒަފުން ހޯދުމަށް ހުޅުވާލުން:

 

މިކުންފުނީގެ "މަހާ ޖައްރާފު" ގެ ތިރީގައި މިދަންނަވާ މަޤާމަށް، ކޮންޓްރެކްޓް ޢުސޫލުން މަސައްކަތްކުރާނެ މުވައްޒަފުން ބޭނުންވެއެވެ.

 

#

މަޤާމް

އަސާސީ ޝަރުތު

މުސާރަ (ރުފިޔާ)

1

ޗީފް އޮފިސަރ

 • ސެޓްފިކެޓް އޮފް  ކޮމޕީޓެންސީ : އަންލިމިޓެޑް  ޓަނޭޖްގެ އުޅަނދެއްގައި ޗީފް އޮފިސަރގެ މަގާމް އަދާކޮށްފައިވުން.
 • އަންލިމިޓެޑް ޓަނޭޖްގެ އުޅަނދެއްގައި ޗީފް އޮފިސަރ މަގާމު އަދާކުރުމަށް ބެނުންވާ ސެޓްފިކެޓްތައް STCW  މެނީލާ 2010 ގެ މިންގަޑަށް ފުރިހަމަކޮށްފައިވުން.
 • ILO/MLC 2006 ގެ މިންގަނޑަށް ސަރޓިފިކެޓް އޮފެ މެޑިކަލް ފިޓްނެސް ލިބިފައިވުން.  
 • ޖީ.އެމް.ޑީ.އެސް.އެސް ސެޓްފިކެޓް ފުރިހަމަ ކޮށްފައިވުން.
 • ޝިޕް ސެކިއުރިޓީ އޮފިސަރ ސެޓްފިކެޓް ފުރިހަމަ ކޮށްފައިވުން.
 • "އެކްޑިސް" ސެޓްފިކެޓް ފުރިހަމަ ކޮށްފައިވުން.
 • ކޮމްޕިއުޓަރ ބޭނުންކުރުމާއި، މައިކްރޯސޮފްޓް އޮފީސް ޕެކޭޖަށް ފަރިތަވުން.

 

 • ކަމާބެހޭ އިކުއިޕްމަންޓާއި އިންސްޓްރުމެންޓޭޝަން ބޭނުންކުރުމަށް ފަރިތަވުން.
 • ތިލަ ފަޅުތަކުގައި ނިޔަމިކަން ކުރުމުގެ ޤާބިލްކަން ލިބިފައިވުން.
 • ބިން ހިއްކުމުގެ ޕްރޮޖެކްޓެގައި ބިންހިއްކާ އުޅަނދެއްގެ ޗީފް އޮފިސަރުކަން ކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
 • ދެފަރާތުން އެއްބަސްވާ ގޮތުގެ މަތިން

 

 

އެހެނިހެން ޝަރުތު:    

މަސައްކަތަށް ޝައުގުވެރި، ހީވާގި ކަމާއެކު މަސައްކަތްކުރާ ސިއްހަތު ރަގަޅު މީހަކު ކަމުގައިވުން.

 

ވަޒީފާގެ ބާވަތް:       ކޮންޓްރެކްޓް

ޑވިޜަން:        ލޮޖޮސްޓިކަލް އޮޕަރޭޝަންސް

މަސައްކަތްކުރަންޖެހޭތަން:  މަހާ ޖައްރާފު

އެހެނިހެން އިނާޔަތް:     ފުޑް އަދި އެކޮމޮޑޭޝަން

                 މެޑިކަލް އިންޝޫރަންސް

 

ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމް.ޓީ.ސީ.ސީ.ގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް 12 ސެޕްޓެންބަރ 2020 ވަނަ ދުވަހުގެ 15:00 އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ. ވަޒީފާއަށް އެދި ހުށަހެޅޭނި ހަމައެކަނި އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. 

 

ވެބްސައިޓް:http://mtcc.mv/careers

ފޯން:  3001100/ 3001149 / 3001127 

 

10 ސެޕްޓެންބަރ 2020

10 ސެޕްޓެންބަރު 2020
ހޯދާ