މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ބޭސް ލައިން ސްޓަޑީ އެއް ހައްދަވާ ދެއްވާނެ ފަރާތެއް ހޯދުމަށް

ސާކް ޑިވޮލަޕްމަންޓް ފަންޑުގެ އެހީގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ފެށުމަށް ހަމަޖެހިފައިވާ "ލައިވްލިހުޑް އެންހާންސްމެންޓް އޮފް ރޫރަލް ޕުއަރ އިން ސާކް ރީޖަން ތުރޫ ސްމޯލް ސްކޭލް އެގްރޮ ބިޒްނަސް ފޯކަސިން އޮން ވެލިޔު ޗެއިން ޑިވޮލަޕްމަންޓް" ޕްރޮޖެކްޓްގެ ބޭސް ލައިން ސްޓަޑީއެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަންބޭނުން ވެގެންކުރެވުނު ނަންބަރު : (IUL) 30-F/INDIV/2020/1    އިއުލާނުގައި އަންދާސީ ހިސާބުގައި ހިމަނަންޖެހޭ ބައެއް މައުލޫމާތު ފުރިހަމަ ނުވާތީ އެއުލާން ބާތިލްކޮށް އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 21 ސެޕްޓެމްބަރ 2020 (ހޯމަ) ދުވަހުގެ 12.00 އަށް މިނިސްޓްރީ އޮފް ފިޝަރީޒް. މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ (ވެލާނާގެ 7 ވަނަ ފަނގިފިލާ، އަމީރު އަހުމަދު މަގު )އަށް ހާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  

 އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިމިނިސްޓްރީގެ ނަންބަރު 3339219/ 3339261 ފޯނާ ގުޅުއްވުން އެދެމެވެ. އަދި މިމަސައްކަތް ކުރައްވަން ޝައުޤުވެރިވާ ފަރާތްތަކުން ޓާރމްސް އޮފް ރިފަރަންސް ހޯއްދެވުމަށް ނުވަތަ މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، މިމިނިސްޓްރީގެ އީމެއިލް [email protected]  އަށް މެއިލް ކުރެއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެ ކަމުގައި ދަންނަވަމެވެ.

ނޯޓް: ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތެއް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.

އަންދާސީ ހިސާބާއެކީ ހުށަހަޅަންޖެހޭ ލިޔުންތައް

  • ފުރިހަމަ ކޮށްފައިވާ އަންދާސީ ހިސާބު ހުށަހަޅާ ފޯމް
  • ކުންފުންޏެއް، ޕަރޓްނަރޝިޕެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.
  • ހުށަހަޅާ ފަރާތާ ބެހޭ ޕްރޮފައިލް.
  • މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ދޫކުރައްވާފައިވާ އެސް.އެމް.އީ. ސެޓްފިކެޓް ކޮޕީ
  • ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކުރަންޖެހޭ ފަރާތްތަކުން އެފަރާތަށް މީރާއިން ދޫކޮށްފައިވާ ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ ހުށަހަޅަން ވާނެވެ. (މަސައްކަތް އެވޯޑް ކުރެވޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ، އެ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވާކަން މިނިސްޓްރީން ކަށަވަރު ކުރާނެއެވެ)
  • އިމާރާތްކުރުން ނުވަތަ މަރާމާތު ކުރުން ފަދަ މަސައްކަތެއް ކުރުމަށް ބިޑު ހުށަހަޅާނަމަ، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގައި ރަޖިސްޓްރީ ކުރިކަމުގެ ލިޔުން.
  • އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބޭރުގައި ހުށައެޅި ފަރާތާއި އަންދާސީ ހިސާބު ހުށައެޅިފައިވާ މަސައްކަތް އިނގޭނޭ ގޮތަށެވެ.
10 ސެޕްޓެންބަރު 2020
ހޯދާ