އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ރުއްތައް ކުއްޔައްދިނުން

              މިރަށުގެ އެކި ސަރަހައްދުގައި ހުރި ރައްޔިތުންގެ ރުއްތައް 1 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ބޭނުންވެއްޖެއެވެ.

              ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2020 ސެޕްޓެންބަރު 20 ދުވަހުގެ 13:00 ގެ ކުރިން ނަންނޯޓު ކުރުމަށްފަހު ތިރީގައި މިދަންނަވާ ގޮތަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ރައްޔިތުންގެ ރުއްތައް ކުއްޔަށް ހިފުމަށް އެދޭ ފަރާތްތަކުން ނަންނޯޓު ކުރެއްވުމަށް ނަމާއި އަދި ރަޖިސްޓްރީ ނަންބަރު އެނގޭގޮތަށް [email protected]  އަށް މެއިލް ކުރެއްވުމަށް އެދެމެވެ.

 

ތާރީޚް

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

20 ސެޕްޓެމްބަރު 2020

އާދީއްތަ

13:00ގެ ކުރިން

ޕްރޮޕޯސަލް ހުށަހެޅުން

22 ސެޕްޓެމްބަރު 2020

އަންގާރަ

13:00

       

              ނަންނޯޓު ނުކުރާ ފަރާތްތަކާއި ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ. އަންދާސީ ހިސާބު ކެނޑުމުގެ ބައްދަލުވުމަށް ވަޑައިނުގަނެވޭނެ ފަރާތްތަކުން ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް އެފަރާތުގެ ލެޓަރހެޑްގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގަނެވިދާނެއެވެ.

              މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށާއި ޖަމްޢިއްޔާތަކާބެހޭ ޤާނޫނު (ނަންބަރު 1/2003)  ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ  ޖަމާޢަތްތަކަށެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑާއިގަންނަވާއިރު ކުންފުނީގެ  ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ނުވަތަ ޖަމާޢަތުގެ ރަޖިސްޓްރީ ކޮޕީ ހުށަހަޅަންވާނެއެވެ.

              މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

              22 މުޙައްރަމް 1442

              10 ސެޕްޓެމްބަރ 2020

10 ސެޕްޓެންބަރު 2020
ހޯދާ