މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ. ވޭވަށުގައި ކޭބަލް ޓީވީގެ ޚިދުމަތް ދިނުމަށް ފައިބަރ ކޭބަލް އަޅައިދޭނެ ފަރާތެއް ހޯދުން

މި އިދާރާގެ ނަންބަރ (27-02-2020) (IUL)363-PRJ/PRIV/2020/1 އިޢުލާންގައި ބަޔާންކޮށްފައިވާ ކޭބަލް ނެޓްވޯރކް އެޅުމުގެ މަސައްކަތަށް ބަދަލުތަކެއް އައުމާގުޅިގެން އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، ވޭވަށުގައި ކޭބަލް ނެޓްވޯރކް ޑިޒައިންކޮށް އަމިއްލަ ތަކެތީގައި އަޅައިދިނުމަށް ޝައުގުވެރިވާ، މިމަސައްކަތަށް ޝަރުތު ހަމަވާ ޤާބިލް ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމަށް ދަޢުވަތު އަރުވަމެވެ.

މަޢުލޫމާތު ސާފުކުރުން/ އަންދާސީ ހިސާބު ހުށަހެޅުން/އަންދާސީ ހިސާބު ކެނޑުން

ތަފްޞީލް

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

10 ސެޕްޓެމްބަރ 2020 އިން ފެށިގެން 17 ސެޕްޓެމްބަރ 2020 ގެ ނިޔަލަށް

08:00-14:00

އަންދާސީ ހިސާބު ހުށަހެޅުން/ކެނޑުން

22 ސެޕްޓެމްބަރ 2020

އަންގާރަ

13:30

         

 

ނޯޓް: އަންދާސީ ހިސާބު ހުށަހެޅުން/ކެނޑުމަށް ހަމަޖައްސާފައިވާ ދުވަސް އެއްވެސް ސަބަބާކާހުރެ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފިނަމަ އަންދާސީ ހިސާބު ހުށަހެޅުން/ކެނޑުން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހެއްގެ މަތީގައި ބަޔާންކޮށްފައިވާ ގަޑީގައެވެ

މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު، ރަސްމީގަޑިގައި ކައުންސިލް އިދާރާގެ ނަމްބަރ 6720035  ފޯނާއި، 7595939 ނުވަތަ 9757801  މޯބައިލް ނަންބަރ އާއި ގުޅުއްވުމުން މަތީގައިވާ މުއްދަތުގެ ގަޑިއާއި ހަމައަށް މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ. އަންދާސީ ހިސާބު ކެނޑުމަށް ބަދަލުގައި މީހަކު ފޮނުއްވަވާނަމަ އަންދާސީ ހިސާބު ހުށަހެޅި ފަރާތުގެ ސިޓީއެއް ބަދަލުގައި ހާޒިރުވެލައްވާ ފަރާތުން ހުށަހަޅުއްވަން ވާނެއެވެ. މިސިޓީގައި ބަދަލުގައި ހާޒިރުވެލައްވާ ފަރާތުގެނަމާއި އެޑްރެސް އަދި އައިޑީކާޑު ނަމްބަރު އެނގެން އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު، ސިޓީއުރައިގެ ބޭރުގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ނަމާއި "ވޭވަށުގައި ކޭބަލް ނެޓްވޯރކް އަޅައިދިނުން" މިހެން، ލިޔެފަ އޮންނަންވާނެއެވެ. އަދި މިފަދައިން ޢަމަލުނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބު ބާތިލްކުރުމުގެ އިހްތިޔާރު މިއިދާރާއަށް ލިބިފައިވާކަމުގައި މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަންދާސި ހިސާބު ހުށަހެޅުއްވޭނީ މަތީގައިވާ ތާރީޚްގެ ގަޑިއަށް ވޭވަށު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމަށް ދުރުވުމުންނެވެ. އަންދާސީ ހިސާބު ހުޅުވުމުގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުން ނުވަތަ ބަދަލުގައި ދުރުވާ ފަރާތުން ބައިވެރިވެލައްވަން ޖެހޭނެއެވެ.

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

10 ސެޕްޓެންބަރު 2020
ހޯދާ