ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
މެޖިސްޓްރޭޓް ކޯޓުތަކަށް ބޭނުންވާ ވަރި ކައިވެނި ސެޓްފިކެޓްތައް ޕްރިންޓް ކުރުމާ ގުޅޭ

މެޖިސްޓްރޭޓްކޯޓުތަކަށް ބޭނުންވާ ވަރި ކައިވެނި ސެޓްފިކެޓްތައް ޕްރިންޓްކުރުމަށް ކުރެވުނު ނަންބަރު F/2020/108 ނޯޓިސްއާއި ގުޅިގެން އިޢުލާނުކޮށްފައިވާ އަދަދު ތަކަށް ބަދަލު އައިސްފައިވާތީ އެ ނޯޓިސް ބާޠިލްކޮށް މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

އަދަދު

ތަކެތި

500

ވަރީގެ ސެޓްފިކެޓް

3000

ކައިވެނީގެ ސެޓްފިކެޓް

 

މި ކަމާގުޅޭ މަޢުލޫމާތު ޝީޓް މި ޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުގެ ޕްރޮކިއުމަންޓް ނޯޓިސް ބޯޑުގެ ކުދި މަރާމާތު އަދި އެހެނިހެން ޕްރޮކިއުމަންޓް ބައިން ލިބިވަޑައިގަންނަވާނެއެވެ.

ލިންކް: https://bit.ly/3ljU9Ez

ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 ސެޕްޓެމްބަރ 2020 ވަނަ ދުވަހުގެ 10:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 ސެޕްޓެމްބަރ 2020 ވަނަ ދުވަހު 13:00 ގެ ކުރިން [email protected] އަށް ކޯޓޭޝަން މެއިލް ކޮށްދެއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ދުވަހު ގަނޑިއަށް މިޑިޕާޓްމަންޓަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ.

09 ސެޕްޓެންބަރު 2020
ހޯދާ