އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ.އަތޮޅު ހޮސްޕިޓަލަށް ޑެންޓަލް ސެޓަޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

 

އދ.އަތޮޅު ހޮސްޕިޓަލަށް ޑެންޓަލް ސެޓަޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

މި ކައުންސިލްގެ ފަރާތުން އދ.އަތޮޅު ހޮސްޕިޓަލްގައި ޑެންޓަލް ސެޓަޕް ޤާއިމްކުރުމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެލައްވާ ފަރާތްތައް 10 ސެޕްޓެމްބަރ 2020 ވާ ބުރާސްފަތި ދުވަހުން ފެށިގެން 16 ސެޕްޓެމްބަރ 2020 ވާ ބުދަ ދުވަހުގެ ނިޔަލަށް ރަސްމީ ގަޑީގައި މި ކައުންސިލްގެ ރިސެޕްޝަނަށް ގުޅުއްވައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ރެޖިސްޓަރ ވެލައްވާ ފަރާތްތަކަށް ލިބިވަޑައިގަންނަވާނެއެވެ. އަދި ރެޖިސްޓަރކޮށްފައިވާ ފަރާތްތަކާއެކު 17 ސެޕްޓެމްބަރ 2020 ވާ ބުރާސްފަތި ދުވަހު މެންދުރު 12:00 ގައި އޮންލައިންކޮށް ބޭއްވޭ ޕްރީބިޑް ސެޝަންއެއް މި ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 ސެޕްޓެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30 ގެ ކުރިން މިއިދާރާއަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަންތައް ހުންނަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ވަޤުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަމާއި ފޯން ނަމްބަރު ލިޔެފައެވެ. އަދި ރެޖިސްޓަރނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެ ވާހަކަވެސް ދަންނަވަމަވެ.

ހުށައެޅޭ ބީލަންތައް ހުޅުވުން އޮންނާނީ 24 ސެޕްޓެމްބަރ 2020 ވާ އަންގާރަ ދުވަހު 11:30 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައި އެކަމަށް ބޭއްވޭ އޮންލައިން ބައްދަލުވުމުގައި ބައިވެރިވެލައްވާ ފަރާތްތަކުގެ ހާޟިރުގައެވެ. މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ މި ކައުންސިލްގެ ފޯން ނަންބަރު: 6680507 އަށް ގުޅުއްވުމުން ލިބިލައްވާނެއެވެ.   

09 ސެޕްޓެމްބަރ 2020

                                                 

 (ސޮއި)                 

                                                   ޢަލީ ނަޞީރު    

                                             އދ.އަތޮޅު ކައުންސިލްގެ ރައީސް

09 ސެޕްޓެންބަރު 2020
ހޯދާ