މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
"ތިމާވެށި 2" ލޯންޗުގެ މެއިންޓައިން ކޮށް އޮޕަރޭޓް ކުރާނެ ފަރާތެއް ހޯދުމަށް

ސާފު ރާއްޖެ - މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

ގްރާންޓް ނަމްބަރ: D199-MV

"ތިމާވެށި 2" ލޯންޗުގެ މެއިންޓައިން ކޮށް އޮޕަރޭޓް ކުރާނެ ފަރާތެއް ހޯދުމަށް 

ނަމްބަރު: IUL)438-WMPC/438/2020/157)                                    ތާރީޚް: 9 ސެޕްޓެމްބަރ 2020

 

ވާރލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ (އެމް.އީ. ސީ. ޕީ) ދަށުން "ތިމާވެށި 2" ސްޕީޑްބޯޓް މެއިންޓެއިން ކޮށް އޮޕަރޭޓް ކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ޝަރުތު ހަމަވާ، އެކަށީގެންވާ ތަޖުރިބާ ހުރި، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލްކަން ލިބިފައިވާ ފަރާތްތަކަށް ބީލަން ހުޅަހެޅުމުގެ ދަޢުވަތު އަރުވަމެވެ. 

މަޢުލޫމާތު ސާފުކުރުން

މި މަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ހިމެނޭ "ޓަރމްސް އޮފް ރެފެރެނެސް" ގެޒެޓުގައި ޝާޢިއު ކުރެވިފައިވާނެއެވެ.

މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވަނީ ގެޒެޓް ކުރާ ތާރީޙުން ފެށިގެން އިން 2020 ސެޕްޓެމްބަރ 17 އާއި ދެމެދު މިނިސްޓްރީގެ އީމެއިލް އެޑްރެސް ކަމަށްވާ  [email protected]އަށް އީމެއިލް ކުރައްވައިގެންނެވެ. މިމުއްދަތުގެ ފަހުން ކުރެވޭ ސުވާލުތަކަށް ޖަވާބެއް ނުދެވޭނެއެވެ.

އަގު ހުށަހެޅުން އޮންނާނީ 2020ސެޕްޓެމްބަރ 24 ވާ ބުރާސްފަތި ދުވަހު 13:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަގުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. އަގުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި މަސައްކަތައް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި އަގު ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

ވީމާ، މަތީގައި ދެންނެވިފައިވާ ފެރީ ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2020ސެޕްޓެމްބަރ 24 ވާ ބުރާސްފަތި ދުވަހު 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް އަގު ހުށަހެޅުއްވުން އެދެމެވެ.

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް

ހަނދުވަރީ ހިނގުން، މާފަންނު

މާލެ، ދިވެހިރާއްޖެ.

ގުޅޭނެ ނަންބަރ: 3018451

އީމެއިލް:  [email protected]

09 ސެޕްޓެންބަރު 2020
ހޯދާ