ފެލިދެއަތޮޅު ފެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެލިދޫ މަގުބައްތި ޕްރޮޖެކްޓް

 

އަންދާސީ ހިސާބު ބޭނުންވެއްޖެ

                  ފެލިދޫ މަގު ބައްތިޖެހުމުގެ ޕްރޮޖެކްޓްގެ ދަށުން ބައްތިޖެހުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ކުރަންހުރި ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

                  މިމަސައްކަތާއިގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ ނަމްބަރ 6700720 ފޯނަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

                  އަންދާސީ ހިސާބް ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ. އަދި ސިޓީއުރައިގެ ބޭރުގައި "ވ.ފެލިދޫ މަގުބައްތި ޖެހުމުގެ ޕްރޮޖެކްޓް" މިހެން ލިޔުއްވުން އެދެމެވެ.

އަންދާސީ ހިސާބް ހުޅުވުން:

ތާރީޚާއި ގަޑި: 21/9/2020 ،  11:00 (ހެނދުނު)

ތަން: ފެލިދޫ ކައުންސިލް އިދާރާގެ ބައްދަލުކުރާ ކޮޓަރި

                   ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ސެޕްޓެމްބަރ 2020 ވާ ހޯމަ ދުވަހުގެ 11:00 އަށް މިކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.

09 ސެޕްޓެންބަރު 2020
ހޯދާ