މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖްޕޫލް އެކުލަވާލުމަށްޓަކާ ފުރުޞަތު ހުޅުވާލުން.

މިރަށު މަސްޖިދު ޔޫސުފް އަށް ދާއިމީ މުދިމަކު ހަމަޖެހުމާއި ހަމައަށް ވަގުތީގޮތުން މިސްކިތް ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެކުލަވާ ވޭޖް ޕޫލްގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކަށް އެކަމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.

                ވީމާ، މަތީގައި ދެންނެވިފައިވާ ވޭޖް ޕޫލްގައި ރަޖިސްޓްރީވުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 13 ސެޕްޓެންބަރު 2020 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިކަމަށް ޝައުޤުވެރިކަން ފާޅުކޮށް ހުށަހަޅުއްވާއިރު ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓްތަކުގެ އަޞްލާއި އެއްގޮތްކަން ކަށަވަރު ކޮށްދޭ، ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީއަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯ ކޮޕީއެއް ހުށަހަޅުއްވަން ވާނެއެވެ. މިގޮތުން ޕޫލްގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުގެ ތެރެއިން މިސްކިތް ޙަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ، ކުރިމަތިލާ ފަރާތްތަކުގެ މެދުގައި އިންޓަރވިއު ކުރުމަށްފަހު އެންމެމަތިން ޕޮއިންޓް ލިބުނު ފަރާތްތައް ޕޫލްއަށް ނަގާ، ޕޫލް އަށް ހޮވޭ ފަރާތްތަކުގެ A2 ފޯމް ފުރިހަމަކޮށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒަށް ހުށަހެޅުމުން އެމިނިސްޓްރީގެ ފަރާތުން ކަމުގައިވެސް އާއްމުކޮށް އެންގުމަށްޓަކާ އިޢްލާން ކުރީމެވެ.

08 ސެޕްޓެންބަރު 2020
ހޯދާ