މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
މާލެއިން ތަނެއް ކުއްޔަށް ހިފުން

މިކުންފުނީގެ ބޭނުމަކަށް މާލެއިން (މައްޗަންގޯޅި، މާފަންނު ނުވަތަ ހެންވޭރު ބްރިޖް އިން ފައިބާ ސަރަޙައްދު) ޢިމާރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިފަދަތަނެއް ކުއްޔަށް ދޫކުރައްވަން  ބޭނުންވާ ފަރާތްތަކުން ތިރީގައި ބަޔާންކުރާ މަޢުލޫމާތާއި އެއްގޮތަށް 13 ސެޕްޓެމްބަރ 2020  ވާ އާދީއްތަ ދުވަހުގެ 13:00އަށް މިކުންފުނީގެ މައި ޢިމާރާތް، ޕޯސްޓް ބިލްޑިންގ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ކުއްޔަށް ހިފަން ބޭނުންވާ ޢިމާރާތުގައި ފުރިހަމަވެފައި ހުންނަން ބޭނުންވާ މަޢުލޫމާތު

 

  • 450 އަކަފޫޓާ 1000 އަކަފޫޓާ  ދެމެދުގެ ތަނެއް ކަމުގައިވުން
  • މައްޗަންގޯޅި/މާފަންނު/ހެންވޭރު)ހުޅުމާލެ ބުރިޖްއިން ފައިބާ ސަރަހައްދުން ތަނެއްކަމުގައިވުން
  • ޢިމާރާތުގެ ކަރަންޓާއި ފެން ވަކިން ހުރުން
  • ·       މަގުމަތިން އެތެރެ ފެންނަގޮތަށް  ބިއްލޫރި ޖަހާފައިވާ ތަނަކަށްވުން
  • ·       މީހުން ދިރިއުޅޭ ހިސާބެއްގައި ބޮޑުމަގަކަށް ހުންނަ ތަނަކަށް ވުން
  • ޢިމާރާތް ކުއްޔަށްދޭ މުއްދަތު މަދުވެގެން 5 އަހަރަށް ދެވޭނެ ތަނެއް ކަމުގައިވުން 
  • ގްރައުންޑް ފްލޯރގައި ހުންނަ ތަނަކަށްވުން

 

ހުށަހަޅަންޖެހޭ އިތުރު މަޢުލޫމާތުތައް:

  • ބިޑް ހުށަހަޅުއްވާއިރު ބިމާއި ޢިމާރާތުގެ ވެރިފަރާތްކަން ނުވަތަ ހުށަހަޅާ ތަނަކާ އެފަރާތަކާ ހުރިގުޅުން އެގޭނެ ޤާނޫނީ ލިއުންތައް އައި.ޑީ ކާރޑްގެ ކޮޕީ އާއި އެކު ހުށަހެޅުން
  • ޢިމާރާތުގެ ރަޖިސްޓްރީ ކޮޕީ ހުށަހެޅުން

 

މި ބިޑާއި ގުޅިގެން ޕޮއިންޓް ދެވޭނެގޮތް ތިރީގައި އެވަނީއެވެ.

  • އަގު: %60
  • ތަނުގެ ފެންވަރު: %20
  • ލޮކޭޝަން: %20

 

 

މިކަމާބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3009211,3009215  ނަންބަރު ފޯނާއެވެ.

              19 މުޙައްރަމް 1442

            07 ސެޕްޓެމްބަރ 2020

08 ސެޕްޓެންބަރު 2020
ހޯދާ