މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ބައުދަގަނޑު ނީލަން ކިޔުމާއި ގުޅޭ

މިކުންފުނީގެ ކ.ތިލަފުށި ސައިޓުގައިހުރި (ގާތްގަނޑަކަށް) 500 ޓަނުގެ ބައުދަގަނޑު ޚާއްޞަ ނީލަމުގައި ވިއްކާލުމަށް ވަނީ ނިންމާފައެވެ. އަދި މިނީލަމާގުޅޭ ތަފްޞީލް ތިރީގައި މިވަނީއެވެ.

 

1-      ނީލަން ކިއުން އޮންނާނީ 16 ސެޕްޓެމްބަރ 2020 ވާ ބުދަ ދުވަހުގެ 14:00 ގައި އެމް.ޓީ.ސީ.ސީ ޓްރޭޑިންގ ޑިވިޜަންގެ، ފުރަތަމަ ފަންގިފިލާ  ( ހެންވޭރު ސޯމިލް، ބޮޑުތަކުރުފާނު މަގު ) ގައެވެ.

2-      މިތަކެތި ބައްލަވަން ބޭނުންވެލައްވާ ފަރާތްތަކުން 10 ސެޕްޓެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ ހެދުނު 10:00 އިން 12:00 އަށް އެމް.ޓީ.ސީ.ސީ ޓްރޭޑިންގ ޑިވިޜަން  ( ހެންވޭރު ސޯމިލް، ބޮޑުތަކުރުފާނު މަގު ) އަށް ވަޑައިގެން ނަންނޯޓު ކުރެއްވުމަށް ދަންނަވަމެވެ.

3-      މިތަކެތި ބައްލަވަން ބޭނުންވެލައްވާ ފަރާތްތަކުން13  ސެޕްޓެމްބަރ 2020 ވާއާދިއްތަ ދުވަހުގެ ހެދުނު 9:00 އިން 11:30 އަށް ތިލަފުށިސައިޓަށް ވަޑައިގެން)   7781438 ގުޅުއްވުމުން) ނަންބަރު ފޯނާ ގުޅުއްވުމުން މިތަކެތި ބެލޭނެ އިންތިޒާމް ހަމަޖެހިފައިވާނެ ވާހަކަދެންނެވީމެވެ.

4-      މި ނީލަމުގައި ބައިވެރިވެވޭނީ އެމް.ޓީ.ސީ.ސީ ޓްރޭޑިންގ ޑިވިޜަންގައި ރަޖިސްޓްރީވެ އަދި ޙާއްސަ ނީލަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހުގައެވެ.

5-      މި ނީލަމުގައި ބައިވެރިވުމަށްއެދޭ ފަރާތްތަކުން ސެކިއުރިޓީ ޑިޕޮސިޓް 50,000/-ރ ފަންސާސް ހާސް ރުފިޔާ އެމް.ޓީ.ސީ.ސީގެ ބީއެމްއެލް ބޭންކް އެކައުންޓް ނަންބަރ  003-100668-7701 އަށް 14 ސެޕްޓެމްބަރ 2020 ވާހޯމަ ދުވަހުގެ ހެދުނު 9:00 އާއި 12:00 އާއި ދެމެދު  ޖަމާކުރުމަށްފަހު ސްލިޕް 7417716 ނަންބަރު ފޯންއަށް ވައިބާރ ކުރުމަށް ދަންނަވަމެވެ. އަދި 12:00 ގެ ފަހުން ފައިސާ ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

6-      ނީލަން ކިޔާނީ ހާޟިރީންގެ ކުރިމަތީގައި އަގަބަހުންނެވެ.އަދި ނީލަން އިތުރުކުރުމަށް ހުށައަޅާނީވެސް އަގަބަހުންނެވެ.

7-      ނީލަން ފެށޭނީ ޓަނަކަށް -/1000 ( އެއްހާސް ރުފިޔާގެ )  ރޭޓުންނެވެ.

8-      ނީލަމަށް އިތުރުކުރެވޭނީ ފަހަރަކު -/1000ރ (އެއްހާސް ރުފިޔާ) އަށްވުރެ ކުޑަނޫން އަދަދެކެވެ.

9-      ނީލަންނިމޭތާ 24 ގަޑި އިރުގެތެރޭގައި ނީލަން ކާމިޔާބު ކުރިފަރާތުން ފައިސާ ދައްކާ ޙަލާސް ކުރަންވާނެއެވެ.      

10-  ނީލަންނިމޭތާ 7 ދުވަހުގެ ތެރޭގައި ބާދަގަނޑުތަށް މިކުންފުނީގެ ސައިޓުން ގެންގޮސް ނިންމަންވާނެއެވެ،އަދި އެއްވެސް ސަބަބަކާހުރެ ތަކެތި ނުގެންދަވާނަމަ، މިތަކެތި ނައްތާލުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބެގެންވެއެވެ.

11-  ތަކެތި ދޫކުރެވޭނީ ރަސްމީދުވަސްތަކުގެ ހެނދުނު 08:00 އިން ހަވީރު 15:00 އަށެވެ.

12-   ނީލަން ކިޔޭ ބާދަނގަޑުގެ ބަރުދަން 500 ޓަނަށްވުރެ އިތުރުވާކަމުގައި ވާނަމަ އިތުރުވާ ޓަނުގެ ފައިސާ ދައްކާ ޙަލާސް ކުރަންވާނެއެވެ. އަދި 500 ޓަނަށް ވުރެ މަދުވާނަމަ ރީފަންޑް ދެވޭނެއެވެ.

13-  މިނީލަމާގުޅޭ ގޮތުން އިތުރުމަޢުލޫމާތު ހޯއްދެއްވުމަށް 3001251/3001477   ނަންބަރު ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

08 ސެޕްޓެންބަރު 2020
ހޯދާ